12:00


ކ. ދިއްފުށީގެ ގޮނޑުދޮށުގައި އުމުރުން 69 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ  އެވެ.


ފުލުހުން ބުނީ އެ ރަށު އިރު އުތުރު ފަރާތު ގޮޑުދޮށުގެ ރާޅުޖަހާ ފަށުގައި މަރުވެފައި އޮއްވާ މިއަދު މެންދުރު ފެނުނު އެ ރަށު މުރަނގަމާގޭ، އިބްރާހިމް ޒަކަރިއްޔާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށާއި އޭނާ އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށެވެ.


ފުލުހުން ބުނީ އޭނާއަކީ ޢާއްމު ގޮތެއްގައި މޫދަށް އެރި އުޅޭ މީހެއް ކަމަށާއި އޭނާ އަކީ ލޭމައްޗަށް ދިޔުމާއި ހަކުރު ބަލިވެސް ހުންނަ މީހެއް ކަމަށެވެ.  


 


15:15


   ކ. ދިއްފުށީގެ ގޮނޑުދޮށުގައި އުމުރުން 69 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ. އެ މީހަކީ އެ ރަށު މުރަނގަމާގޭ، އިބްރާހިމް ޒަކަރިއްޔާ ކަމަށާއި އޭނާގެ ހަށިގަނޑުން ބޭރުން އެއްވެސް އަނިޔާގެ ނިސާނެއް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.