އެ ކޯޓުގައި ހުރި ފައިސާތަކެއްގެ ވެރިފަރާތް ނޭނގިގެން ހދ. ނެއްލައިދޫ ކޯޓުން މިއަދު އާންމުކޮށް އިއުލާނުކޮށްފިއެވެ.

ވެރިއަކު ނޭނގި، ހޮވައިގެން ގެނެސްފައި ހުރި ފައިސާތަކެއް އެބަހުރިހަމަށް ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ އިއުލާންކޮށްފިއެވެ.

އެ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ، ހޮވައިގެން ގެނެސްފައިހުރި ފައިސާތަކެއް އެ ކޯޓުގައި އެބަހުރިކަމަށާއި، އެ ފައިސާގެ ވެރިއަކު ހުރިނަމަ އެ ކޯޓަށް އަވަހަށް ހާޟިރުވެ، އެ ފައިސާ ގެންދިއުމަށް އެދޭ ކަމަށެވެ.

ހޮވައިގެން ގެނެސްފައިހުރީ ކިހާ އަދަދެއްގެ ފައިސާއެއްތޯއާއި އެއީ ކޮންތާކުން ކޮންއިރަކު ހޯދި ފައިސާއެއްތޯ ހޯދަން ނެއްލައިދޫ މެޖިސްޓްރޭޓު ކޯޓުގައި އެދުނު ނަމަވެސް މިހާތަނަށް އެ ތަފުސީލުތައް ލިބިފައެއް ނުވެއެވެ.