27 May 2012, 09:29
ލަންޑަން (މޭ 27): އިނގިރޭސިވިލާތުގެ ލަންޑަންގައި އަންހެނުންނާ ދެކޮޅަށް ހިންގާ ރޭޕްކުރުމުގެ ޖަރީމާތައް ފާއިތުވި ހަތަރު އަހަރު ތެރޭގައި 53 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ކަމާ ބެހޭ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) އިން ނެރުނު ތަފާސް ހިސާތުތަކެއްގެ ނަތީޖާ ދައްކާ ގޮތުން 2008 ން 2009 ށް ލަންޑަންގައި 2177 އަންހެނުން ރޭޕްކޮށްފައިވާކަން ލަންޑަން ފުލުހުންގެ ރަޖީސްޓްރީން ހާމަވެފައިވާ އިރު 2011 ން 2012 އަށް ރޭޕްކުރުމުގެ ޝިކާރައަކަށްވެފައިވާ އަންހެނުންގެ ޢަދަދު ވަނީ 3334 އަންހެނުންނަށް އިތުރުވެފަ އެވެ.
ލަންޑަން ފުލުހުންގެ ރިޕޯޓްތައް ބުނާ ގޮތުން އަންހެނުން ރޭޕްކުރުމާއި ޖިންސީ ޖަރީމާތައް އިތުރުވަމުންދިޔުމުގައި ބަނގުރަލާއި އެ ނޫން މަސްތުވާތަކެތި މުހިއްމު ދައުރެއް އަދާކުރެއެވެ. އަދި ރޭޕްކުރުމުގެ ޖަރީމާ ހިންގާ ފަރާތްކުން އަންހެނުންނާ ދެކޮޅަށް 2011 ން 2012 އަށް ލަންޑަންގައި ހިންގާފައިވާ ޖިންސީ ޖަރީމާތަކުގެ އަދަދު 3334 އަށް މައްޗަށް ދިޔަ ނަމަވެސް މީގެތެރެއިން ޝަރީޢަތަށް ސާބިތުކުރެވިފައިވަނީ އެންމެ 369 ޖަރީމާ އެވެ.
ބާރަ މިލިޔަނެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ލަންޑަންގައި އަންހެނުން ރޭޕްކޮށް ޢިއްފަތް ނަގާލުމުގެ ޖަރީމާތައް ހިންގުމުގައި ޝާމިލްވާ ފަރާތްތަކުގެ ތެރޭގައި ބަނގުރަލަށް ދެވިހިފާފައިވާ މީހުންނާއި މަސްތުވާތަކެތީގެ ބޭނުންކުރާ މީހުން ގިނަކަމަށް ލަންޑަންެ ފުލުހުންގެ ރިޕޯޓްތަކުން ހާމަވެއެވެ.
ފާއިތުވި ހަތަރު އަހަރު ތެރޭގައި ލަންޑަންގައި ހިންގާފައިވާ ރޭޕްކުރުމުގެ ޖަރީމާތައް 53 ޕަސެޓަށް އިތުރުވެފައިވާކަން ވެސް ފުލުހުންގެ ރިޕޯޓްތަކުން ހާމަ ވެއެވެ. (ޔޫ.ޕީ.އައި)