އެންބީއޭ ބާސްކެޓު ބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސްއިން ސެން އެންޓޯނިއޯ ސްޕާސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ސެން އެންޓޯނިއޯގެ ފްރޮސްޓް ބޭންކް ސެންޓާގައި ކުޅުނު މި މެޗު ސެލްޓިކްސްއިން ކާމިޔާބުކޮށްފައިވަނީ 134 ޕޮއިންޓް 101 ޕޮއިންޓުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސެލްޓިކްސްގެ ޖޭލެން ބްރައުން ވަނީ 24 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ތިން އެސިސްޓް ކޮށްފައެވެ. އަދި، ސްޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ވިކްޓާ ވެމްބަންޔާމާއެވެ.

މި މުބާރާތުގައި އޮކްލޮހޯމާ ސިޓީ ތަންޑާއާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު 124 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑާއެވެ.

މެޗުގައި ތަންޑާގެ ޝެއި ގިލްޖިއޯސް އެލެގްޒެންޑާވަނީ 24 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ހަ އެސިސްޓް ކޮށްފައެވެ. އަދި، ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ދިން މިކާލް ބްރިޖެސްއެވެ.

މީގެ އިތުރުން، ސެކްރެމެންޓޯ ކިންގްސްއާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗު 123 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބުކުރީ ކިންގްސްއެވެ. މެޗުގައި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 13 ޕޮއިންޓް ހޯދައިދީ 21 ރީބައުންޑް ނަގައިދީ 12 އެސިސްޓް ދީ ޓްރިޕްލް ޑަބަލްއެއް ހެދި ޑޮމަންޓާސް ސޮބަނިސްއެވެ. އަދި، ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޑެސްމޮންޑް ބޭންއެވެ.

މި މުބާރާތުގައި ކުޅުން އެހެން މެޗުތަކަށް ބަލައިލާއިރު އެޓްލާންޓާ ހޯކްސްއާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 130 ޕޮއިންޓް 126 ޕޮއިންޓުން ހޯކްސް ކާމިޔާބު ކުރިއިރު ނިއުއޯލިއަންސް ޕެލިކަންސްއާއި ލޮސް އެންޖަލިސް ލޭކާސް ބައްދަލުކުރި މެޗު 129 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބު ކުރީ ޕެލިކަންސްއެވެ. އަދި، އޯލާންޑޯ މެޖިކާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު 112 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ.