26 May 2012, 20:49
ނ. އަތޮޅު ފެރީގައި ހުރި ތެލުލި ބަނބުކެޔޮ ދަޅެއްގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުވާ އެއްޗެއް އަޅާފައި ހުރި ކޮތަޅެއް ހޯދައި އެ އަތޮޅު ހޮޅުދޫއަށް ދިޔަ ބޯޓަކުން މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެހިތަކެއް ފުލުހުން އަތުލައިފި އެވެ.
އިންޓެލިޖެންސާއި ނ. އަތޮޅު ފުލުހުން ފަށާފައިވާ އޮޕަރޭޝަނެއްގައި ނ. އަތޮޅު ފެރީގައި ހުރި ބަނބުކެޔޮ ދަޅުގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުވާ ބާވަތެއް ހުރި ޕެކެޓެއް ހޯދީ މިދިއަ ބުރާސްފަތި ދުވަހު މަނަދޫއަށް ފެރީ ލެފުމުން ފެރީއަށް އަރާ ފާސްކުރުމުގެ ތެރޭގަ އެވެ.
ދެވަނަ މައްސަލައިގައި ފުލުހުން ފާސްކޮށްފައި ވަނީ ހުކުރު ދުވަހު ހޮޅުދޫއަށް ލެފި ބޯޓެކެވެ. އެ ބޯޓުގެ މުދާ ފާސް ކުރިިއިރު ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުވާ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒްގެ ރަބަރު ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ބުންނެވެ
އަދި އެ އަތޮޅު މިލަދޫ ގެއެއްގެ އެޑްރެހުގައި އެ ބޯޓުން ބޭލި ކޮތަޅެއް ފުލުހުން ބެލި އިރު ކޮތަޅުގައި އޮތް ޖިންސެއްގެ ތެރެއިން ވެސް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ޕެކެޓް ފުލުހުން ހޯދި އެވެ.
މި ދެ މައްސަލައިގައި ވެސް އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.