އިންޓަ ރިސޯޓް އޯޕަން ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ވަން އެންޑް އޮންލީ ރީތިރަށުން އިއްޔެ ހޯދައިފި އެވެ. ރީތި ރަށުން ފައިނަލުގެ ފަހުޖާގަ ކަށަވަރު ކުރީ، އިއްޔެ ކުޅުނު ސެމީ ފައިނަލްގައި ޖުމެއިރާ ވިޓަވެލި މޯލްޑިވްސް އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

މެޗުގެ ސެޓުތައް ރީތިރަށުން ކާމިޔާބު ކޮށްފައި ވަނީ 25-17، 25-12 އަދި 25-20 އިން ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރީތި ރަށުގެ އަޝްފާގް އާދަމް އެވެ.

މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ހަވީރު ރީތިރަށާ ދެކޮޅަށް ނިކުންނާނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވާ ތާޖް އެގްޒޯޓިކާއެވެ. ތާޖް ފައިނަލަށް ދަތުރު ކުރީވެސް ރީތިރަށާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވެހު ކުޅުން މެޗް ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ނަކީ ރީތި ރަށެވެ.