30 Dec 2023, 16:14
ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަނެއްކާވެސް އާބަންކޯއިން މިއަދު ފަށައިފިއެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލޭ ފަޅުން ބައެއް ހިއްކަން ނިންމައި އެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައެވެ. އެ ވެރިކަމުގައި އެ މަޝްރޫގެ ބައެއް ހިއްކިއެވެ.
އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް މިއަދު ވިދާޅުވީ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. އެ ބިމުން ގޯތި ލިބުނު މީހުންނަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިގޮތަށް ބިން ހަވާލު ކުރައްވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.
"ވެލިފުކެއްގެ މިންވަރުވެސް އުނިނުކޮށް، އިތުރަށް ފުރިހަމަކޮށް ދެވޭނެ،" ފަޒުލް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ހުޅުމާލެގެ ފޭސް ތިނެއްގެ ގޮތުގައި 63 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.