އެލައިޑް އިންސުއަރެންސުން ޑައިވަރުންނަށް ހާއްސަކޮށްގެން އިންޝުއަރެންސް ސްކީމެއް ތައާރަފްކޮށްފި އެވެ.

ޔޫރަޕްގެ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އާ ގުޅިގެން، އެލައިޓުން ނެރުނު ޑައިވަރުންގެ އިންސުއަރެންސް ތައާރަފްކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ޓްރޭޑާޒް ހޮޓަލްގަ އެވެ.

ރަސްމިއްޔާތުގައި އެލައިޑް އިންޝުއަރެންސުގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގު ވިދާޅުވީ އެ އިންޝޫރެންސަކީ ރާއްޖެއަށް ވަރަށް މުހިންމު އިންސޫރެންސެއް ކަމަށާއި އިންސުރެންސްގެ ރާއްޖޭގައި ޑައިވް ކުރާ ޓޫރިސްޓުނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށެވެ.

"މިހިދުމަތަކީ އަޅުގަނޑުމެން ހަމައެކަނީ ވިޔަފާރިއުސޫލުން ކުރިއަށްގެންދިއުމުގެ ބަދަލުގައި ހިދުމަތެއް ދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެއް، މިހިދުމަތުގެ ސަބަބުން ރާއްޖެ އަންނަ ޑައިވިންނަށް އަންނަ ޓޫރިސްޓުނަށް ރައްކާތެރިކަން ލިބިގެންދާނެ" ވާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޝުރެންސްގެ ސަބަބުން ފައިދާވާނީ ހަމައެކަނު ރާއްޖެއަންނަ ޓޫރިސްޓުނަށް ނޫން ކަމަށާއި ޕްރޮފެޝަނަލް ފެންވަރެއްގައި ޑައިވްކުރާ ދިވެހިންނަށް ވެސް އިންޝުރެންސްގެ ފައިދާވާނެ ކަމަށެވެ.

ޑައިވް އިންސުއަރެންސް ޕެކޭޖުގައި ދިގު މުއްދަތަށް ހާއްސަކުރެވިފައިވާ ޑައިވިން އިންސޫރެންސާއި ކުރު މުއްދަތަށް ހާއްސަކުރެވިފައިވާ އިންސޫރެންސް ޕްލޭންތައް ހިމެނެ އެވެ. އަދި ޑައިވިން ކުރުމުގެ ތެރޭގައި ދިމާވާ ބޮޑެތި ގެއްލުންތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމްތައްވެސް ވަނީ އެ ޕެކޭޖްގެ ތެރެއިން ހަމަޖެހިފަ އެވެ.

ރަސްމިއްޔާތުގައި ޑޭން އިންޝުއަރެންސްގެ އިންޗާޖު ޖޫލިއާ ބޮފާ ވިދާޅުވީ މިއިންސޫރެންސަކީ ރާއްޖެއަށް ވަރަށް މުހިންމު އިންސޫރެންސެއް ކަމަށާއި ޑައިވަރުންގެ އިންސުއަރެންސްގެ ސަބަބުން ރާއްޖެއަންނަ ފަތުރުވެރިނަށް އިތުރު ޔަގީން ކަމެއް ލިބިގެންދާނެ ކަމަށެވެ.

"މިއީ ރާއްޖެ އަށް މުހިންމު އިންސޫރެންސެއް، މި އިންސޫރެންސްގެ ސަބަބުން ރާއްޖޭގެ ކަނޑު އަޑި ބަލަން ދާން މީހުންނަށް ޔަގީންކަމެއް ލިބޭނެ،" ބޮފާ ވިދާޅުވި އެވެ.