ދިރާގު 'މައިއެކައުންޓް' ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް އެކި ޚިދުމަތްތަކަށް އެޕްލައިކޮށް, ހުރިހާ
ޚިދުމަތްތަކެއް އެއްތަނަކުން މެނޭޖްކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ދިރާގު މައިއެކައުންޓް މެދުވެރިކޮށް ކަސްޓަމަރުން އެންމެ ގިނައިން އޮންލައިންކޮށް ހޯދާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި:

- ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑް ޕެކޭޖް ބަދަލުކުރުން: ދިރާގު މައިއެކައުންޓް މެދުވެރިކޮށް މޮބައިލް ޕޯސްޓްޕެއިޑް ޕްލޭން ނުވަތަ ފައިބަ ބްރޯޑްބޭންޑް ޕެކޭޖް އަޕްގްރޭޑް ނުވަތަ ޑައުންގްރޭޑްކުރުން

- އައު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނެއް ނެގުން: އައު ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މައިއެކައުންޓް މެދުވެރިކޮށް އެކަން ކުރެވޭނެ

- ބްލޭންކް ސިމް އެކްޓިވޭޓްކުރުން: މިހާރު ދިރާގު ޕާޓްނާޝޮޕްއިން ގަންނަ ބްލޭންކް ސިމް ކާޑް އެކްޓިވޭޓްކުރުމަށް ކޮންމެތާކު ހުރެވެސް ދިރާގު މައިއެކައުންޓް މެދުވެރިކޮށް ރިކުއެސްޓްކުރެވޭނެ

- ފައިބާ ބްރޯޑްބޭންޑް ޚިދުމަތުގެ ލޮކޭޝަން ބަދަލުކުރުން: އެއް އިމާރާތުން އަނެއް އިމާރާތަށް ނުވަތަ އެއް އިމާރާތެއްގެ ތެރޭގައިވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތުގެ ލޮކޭޝަން ބަދަލުކުރަން ބޭނުންނަމަ މިހާރު ދިރާގު މައިއެކައުންޓް މެދުވެރިކޮށް އެކަމަށް ހުށަހެޅޭނެ

- ވަގުތީ ގޮތުން ޚިދުމަތް މެދުކަނޑާލުން: ރާއްޖެއިން ބޭރަށް ދިގު މުއްދަތަކަށް ދަތުރުކުރާނަމަ މައިއެކައުންޓް މެދުވެރިކޮށް ފަސޭހަކަމާއެކު ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް މެދުކަނޑާލެވޭނެއެވެ. ޚިދުމަތް މެދުކަނޑާލަން ބޭނުންވާ މުއްދަތެއް އިޚްތިޔާރު ކުރުމަށްފަހު ޚިދުމަތަށް އެޕްލައިކުރެވޭނެ.

މީގެ އިތުރުން 'މައިއެކައުންޓް'އިން ތަފާތު ބިލިން އެކައުންޓްތަކުގެ ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ބިލް ދައްކައި، ޕްރީޕެއިޑް ނަމްބަރުތައް ރީޗާޖުކޮށް، އެޑް-އޮންސް ނެގޭނެއެވެ. އަދި ކަސްޓަމަރުން އެދޭ ޚިދުމަތްތަކުގެ ސްޓޭޓަސްވެސް ދިރާގު މައިއެކައުންޓް މެދުވެރިކޮށް ބެލޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް