29 Dec 2023, 23:46
އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސްއާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު ސެލްޓިކްސްއިން ކާމިޔަބުކޮށްފިއެވެ.
ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މި މެޗު ސެލްޓިކްސް ކާމިޔާބު ކޮށްފައިވަނީ އިތުރު ވަގުތުގައި ކުޅެ 128 ޕޮއިންޓުންނެވެ.
މި މެޗުގެ ހަތަރު ކުއާޓަރުގެ ކުޅުން ނިމުނުއިރު ދެ ޓީމު އޮތީ 108 ޕޮއިންޓުން އެއްވަރުވެފައެވެ. ނަމަވެސް ސެލްޓިކްސްއިންވަނީ އިތުރު ވަގުތުގައި ޕިސްޓަންސްގެ މައްޗަށް ކުރި ހޯދައިފައެވެ.
މި މެޗުގައި ސެލްޓިިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ 10 އެސިސްޓް ދިން ޖޭސަން ޓެޓުމްއެވެ.
ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ނުވަ އެސިސްޓް ދިން ކޭޑް ކަނިންހަމެވެ.
މި މުބާރާތުގައި މިނެސޯޓާ ޓިމްބާ ވުލްވްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރި މެޗު 118 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބާވުލްވްސްއެވެ.
މީގެ އިތުރުން އެންމެފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސްއާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗު 142 ޕޮއިންޓުން ކާމިޔަބުކުރީ ނަގެޓްސްއެވެ.