ސ. ހިތަދޫގައި ދެ ފުލުހަކަށް ބަޔަކު ހަމަލާދީ، މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، ތިން މީހުންގެ ގްރޫޕަކުން އިއްޔެ މެންދުރު ގޮސް ހިތަދޫ ކުޑަކުދިންގެ ޕާކު ކައިރިން ސައިކަލުގައި ދިޔަ ދެ ފުލުހަކަށް ހަމާލާދިނުމަށް ފަހު ފިލައިފައިވާ ކަމަށެވެ. އެ ހަމަލާގައި ދެ ފުލުހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބުނު ކަމަށް އޮފިޝަލު ވިދާޅުވި އެވެ.  އަދި ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.


މި މައްސަލައިގައި ތުހުމަތުކުރެވޭ އެކަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.