އައު އަހަރާއި ދިމާކޮށް ދިރާގުގެ ޚާއްސަ އޮފާތަކުގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑަބަލް ޑާޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މި ޚާއްސަ އޮފާތަކާއި އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ތެރެއިން ހަތް ޖީބީގެ ބޫސްޓަރެއް ނަގާ ކޮންމެ ކަސްޓަމަރަކަށް އޭގެ ދެގުނަ ޑާޓާ ލިބޭނެ ކަމަށެވެ.

އެގޮތުން އިތުރު ޚަރަދަކާ ނުލައި، ހަތް ޖީބީގެ އަގަށް 14 ޖީބީގެ ޑާޓާ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ދިރާގުން ވަނީ އާ އަހަރާ ދިމާކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިމިޓްލެސް ސޯޝަލް މީޑީއާ އަދި އެނުއަލްއާއި 180 ދުވަހުގެ ޕެކޭޖުތަކަށް ޚާއްސަ ޕްރޮމޯ އަގުތަކެއް ތައާރަފް ކޮށްފައެވެ.

އަދި މޮބައިލް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ވެސް އޮފާތަކެއް ލޯންޗުކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައިދިރާގު އެޕްމެދުވެރިކޮށް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އާ އަހަރުގެ ލިމިޓެޑް ޓައިމް އޮފާތައް އެކްޓިވޭޓްކޮށްލެވޭނެއެވެ.

މި އޮފާތަކާ ބެހޭ އިތުރު މައުލޫމާތުދިރާގުގެ ވެބްސައިޓްމެދުވެރިކޮށް ބަލައިލެވޭނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.