28 Dec 2023, 21:20
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި މިހާރު 40،000 އަށްވުރެ ގިނަ މެމްބަރުން އެބަތިބި ކަމަށާއި، އަހަރު ނިމޭއިރު ޕީއެންސީވާނީ އެންމެ ގިނަ މެމްބަރުން ތިބި އެއް ޕާޓީއަށްކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އޭނާ ވިދާޅުވީ މިހާރު ޕީއެންސީގައި މިހާރު 40،000 އަށްވުރެ ގިނަ މެމްބަރުން ރަޖިސްޓްރީވެފައިވާކަމަށެވެ.
އެ ކަމުން ހާމަވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައްޔިތުން ނިންމި ނިންމުމާއެކު، ޕީއެންސީއާއި މި ސަރުކާރު ރައްޔިތުން ބަލައިގަންނަކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރެކޯޑަކީ މިއީ. އެއީ ދޭ އިންޓަވިއުއަކުން ހަދާ އެއްޗެއް ނޫން،" ރެކޯޑެއް ހެދޭނީ މަސައްކަތުގައި އަމަލީ ސިފަ ޖެހިގެން ކަމުގައި ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.
މިރޭގެ ހަފްލާގައި ކުރިން އެމްޑީޕީގައި ތިއްބެވި 13 މަޖިލިސް މެމްބަރަކު ވެސްވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
ހަމައެއާއެކު ރައްޔިތުން ތިބީ "ދިވެހީންގެ ރާއްޖެ'އެއް ބިނާކުރުމަށް އަޒުމު ކަނޑައަޅައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ރައްޔިތުން ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާ ކަމަށެވެ. އަދި ސަރުކާރު ދިފާއުކޮށް، ރައީސަށް އެއްބާރުލުން ދިނުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އިއްޔެ ކަންކަމާ ހަވާލުވެގެން ތިބި މީހުން މިއަދު ހަވާލުވެ ތިބުމަކީ ލާޒިމް ކަމެއް ނޫން އިއްޔެ ކަންކަން ކުރި ގިތަށް މިއަދު ކަންކަން ކުރުމަކީ ލާޒިމް ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީއެންސީގެ ވިސްނުމަކީ ގައުމީ ފިކުރުކަމަށެވެ. އަދި އަނިޔާވެރިކަމަށް ޖާގަނުދެއްވާނެ ކަމަށާއި، އަބަދު ވެސް އިސްކުރާނީ ސުލްހަކަމަށެވެ. އަދި ޕީއެންސީއިން ވާދަވެރިންގެ ބަސްތަކަށް ރައްދު ދޭނީ ކުރާ އަމަލުންކަމަށެވެ.