27 Dec 2023, 20:31
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚަލީލް ވިދާޅުވީ، މި ހޮސްޕިޓަލް ތަރައްގީކުރާނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ޚިދުމަތެއް ލިބޭނެ ހޮސްޕިޓަލެއްކަން ސަރުކާރުން ޔަގީންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.
ނަމަވެސް ހޮސްޕިޓަލާ ގުޅުން ހުރި އިތުރު މައުލޫމާތެއް މިހާތަނަށް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕޭން ދުވަސްވަރު ވެވަޑައިގެންފައިވާ .
ވިލިމާލޭ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށް އޭރު ސަރުކާރުން ވަނީ ބުނެފައެވެ.