މިހާތަނަށް ސަރުކާރަށް ޖުމްލަ 122 ޑެޕިއުޓީ މިނިސްޓަރުންނާއި، 79 ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްފައިވާކަން ހާމަވެއްޖެއެވެ.

ސަރުކާރުގެ މަގާމުތަކަށް މިހާރު ވެސް އަންނަނީ ބޭފުޅުން އައްޔަންކުރައްވަމުންނެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު "ސަން"އަށް ވިދާޅުވީ ހުރިހާ މަގާމަކަށް، ބޭފުޅުން އައްޔަންކުރާއިރު ރައީސް އޮފީހުގެ ވެބްސައިޓުގައި ޚަބަރު ޝާއިއުނުކޮށް ހުރެދާނެ ކަމަށެވެ.

ނަމަވެސް އެ އޮފީހުގެ ވެބްސައިޓުގައި މަގާމުތައް ފެންނަން ހުންނަ ޕޭޖަށް އަޕްޑޭޓްވަމުން އަންނާނެކަމަށް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި ސަރުކާރުގައި:

ޖުމްލަ 122 ޑެޕިއުޓީ މިނިސްޓަރުން

  • 21 ވުޒާރާއަށް ޖުމްލަ 114 ޑެޕިއުޓީ މިނިސްޓަރުން

  • ރައީސް އޮފީހުގައި 08 ޑެޕިއުޓީ މިނިސްޓަރުން

ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ: 35،000

އެންމެ ގިނަ ޑެޕިއުޓީ މިނިސްޓަރުން ތިބީ ހޯމް މިނިސްޓްރީގައެވެ.

ސަރުކާރުގެ އިސް މަގާމަކަށް އައްޔަން ކުރެއްވި ބޭފުޅަކަށް ރައީސް ފަތްކޮޅު އަރުވަނީ-- ފޮޓޯ: ރައީސް އޮފީސް

ވަކިވަކި މިނިސްޓްރީތަކުގައިި ނައިބުން ތިބި އަދަދު:

  1. ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ - 13

  2. ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ - 8
  3. ސިޓީޒް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ - 8
  4. ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓްރީ - 8
  5. އިސްލާމިކް އެފެއާޒް މިނިސްޓްރީ - 8
  6. ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ - 7
  7. ޓޫރިޒަމް މިނިސްޓްރީ - 7
  8. ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ - 6
  9. އެޑިއުކޭޝަން މިނިސްޓްރީ - 6
  10. ފިނޭންސް މިނިސްޓްރީ - 5
  11. ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީ - 5
  12. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީ - 4
  13. ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް - 4
  14. އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ - 4
  15. ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީ - 4
  16. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ - 3
  17. ދިވެހި ލޭންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ - 3
  18. ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ - 3
  19. ހެލްތު މިނިސްޓްރީ - 3
  20. ފޮރިން މިނިސްޓްރީ - 3
  21. ޑިފެންސް މިނިސްޓްރީ - 2

ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ޖުމްލަ 79 ބޭފުޅުން

  • 21 ވުޒާރާއަށް ޖުމްލަ 67 ސްޓޭޓް މިނިސްޓަރުން

  • ރައީސް އޮފީހުގައި 07 ސްޓޭޓް މިނިސްޓަރުން
  • ސްޓޭޓް މިނިސްޓަރު ފެންވަރުގެ 05 ބޭފުޅުން

އެންމެ ގިނަ ސްޓޭޓް މިނިސްޓަރުން ތިބީ ލޯކަލް ގަވަމަންޓް މިނިސްޓްރީގައެވެ.

ސްޓޭޓް މިނިސްޓަރެއްގެ މުސާރަ: 45،000

ވަކިވަކި މިނިސްޓްރީތަކުގައިި ސްޓޭޓުން ތިބި އަދަދު:

  1. ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ - 3

  2. ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ - 1
  3. ސިޓީޒް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ - 7
  4. ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓްރީ - 3
  5. އިސްލާމިކް އެފެއާޒް މިނިސްޓްރީ - 2
  6. ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީ - 2
  7. ޓޫރިޒަމް މިނިސްޓްރީ - 1
  8. ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ - 6
  9. އެޑިއުކޭޝަން މިނިސްޓްރީ - 4
  10. ފިނޭންސް މިނިސްޓްރީ - 3
  11. ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީ - 2
  12. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީ - 5
  13. ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލް ޑިވެލޮޕްމަންޓް - 4
  14. އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީ - 2
  15. ކްލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓްރީ - 4
  16. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ - 1
  17. ދިވެހި ލޭންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ - 3
  18. ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ - 4
  19. ހެލްތު މިނިސްޓްރީ - 5
  20. ފޮރިން މިނިސްޓްރީ - 4
  21. ޑިފެންސް މިނިސްޓްރީ - 1

މިހާ ގިނަ އަދަދެއްގެ ބޭފުޅުން ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައިި ތިބިއިރު، މި ފަހުން ވަނީ، ރައީސާއި، ނައިބު ރައީސް ގެ އިތުރުން ވަޒީރުންގެ މުސާރަތައް ބޮޑުކުރަން މަޖިލީހުގެ ކޮމިޓީން ނިންމައިފައެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ ދަށުގައި ހިފެހެއްޓުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.