ރާއްޖޭގެ ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު)ގެ އުފަންދުވަސް ފާހަގަކުރުމަށް މާދަމާ ރޭ ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަޝްހޫރު ލަވަކިޔުންތެރިންނާއެކު ޚާއްސަ ހަފްލާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ހަފްލާގައި ބައިވެރިވުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސިމްރާން ސޭގަލާއި އޭނާގެ ފިރިމީހާ ސްރީރަގް ރާމް މިއަދު ރާއްޖެވަނީ އައިސްފައެވެ.

ކުރީގެ ލަވަތަކުގެ ކަވަރު ކިޔައިގެން މަގްބޫލުކަން ހޯދައިފައިވާ ސިމްރާނާއި ފިރިމީހާ ސްރީރަގް ރާމްގެ ލަވަތަކަށް ލައިވްކޮށް މިޔުޒިކް ކުޅެދިނުމަށް ހަ މީހުންގެ މިޔުޒިކް ބޭންޑެއް ވެސް މި ދަތުރުގައި ބައިވެރިވެއެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ސިމްރާނާއި ފިރިމީހާ ސްރީރަގް ރާއްޖެ އައުން --

ސަނަމް ޕޫރީ އާއެކު "ޔެ ރާތޭ ޔެ މޯސަމް" ލަވަ ކިޔައިގެން މަޝްހޫރުވި ސިމްރަންއަކީ މިހާރު ޔޫޓިއުބާއި ސޯޝަލް މީޑިއާގައި މަޝްހޫރު ފަންނާނެކެވެ.

އުއްޗުގެ އުފަންދުވަހުގެ މުނާސަބަތުގައި ބާއްވާ ޝޯގައި، ސިމްރާންގެ އިތުރުން މިދިޔަ އަހަރު އެ ޝޯއަށް އައި އިންޑިއާގެ މަޝްހޫރު ޖޫނިއާ ލަވަކިޔުންތެރިޔާ މުޙައްމަދު ފާއިޒްގެ ޚާއްސަ ފެނިލުމެއް ވެސް ހިމެނޭނެއެވެ.

މީގެ އިތުރުން ސްރީލަންކާގެ ނެށުންތެރިންގެ ޓްރޫޕަކުން ޚާއްސަ ނެށުންތައް ވެސް މި ޝޯގައި ހުށަހަޅާނެއެވެ.

އުއްޗުގެ އުފަންދުވަހަކީ ކޮންމެ އަހަރަކު ވެސް ކުލަގަދަކޮށް ފާހަގަކުރާ މުނާސަބާއެކެވެ.

އުއްޗުގެ އުފަން ދުވަސް ފަހަގަކުރުމަށް އޮތް ހަފްލާއެއްގެ ތެރެއިން --

މި އަހަރުގެ މި ޝޯގައި ސިމްރަން ސޭގަލް ހުށަހަޅާދޭ ލަވަތަކުގެ ތެރޭގައި އުއްޗުއަށް ޚާއްޞަކޮށް އޭނާ ދިވެހިބަހުން ހުށަހަޅައިދޭ ދެ ލަވަ ވެސް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އުއްޗުގެ އުފަންދުވަހުގެ ޝޯއަށް ބައެއް ޢިއްޒަތްތެރިންނަށާއި ސަރުކާރުގެ އިސްވެރީންނަށާއި އުއްޗުގެ އާއިލާއާއި ރަޙްމަތްތެރީންނަށް ދައުވަތު އަރުވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.