ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖެއާއި ދޭތެރޭ ދެކޭގޮތް ބެލުމަށް ހަނދާ ސާވޭ، "މޯލްޑިވްސް ވިޒިޓާ ސާވޭ" ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ސާވޭ ކުރާ ފަރާތަކުން ރާއްޖެއާ މެދު ޓޫރިސްޓުން ދެކޭ ގޮތާއި ފައިސާ ހަރަދުކުރާ ގޮތާ ބެހޭ މައުލޫމާތު ހޯދަން އެއްކުރަން ޖެހޭނޭ ކަމަށާއި ސާވޭ ކުރަން ޖެހޭނީ ތިން އަހަރުދުވަހުގެ މުދަތަށް އަހަރަކު ދެ ފަހަރު ކަމަށެވެ. މި އަހަރު ސާވޭ ހިންގާނީ އަންނަ މަހު އެވެ.

އެ ޕްރޮޖެކްޓްގެ ޕްރީބިޑް މީޓިން އޮންނާނީ އަންނަ އަންގާރަ ދުވަހު 2:00 ޖަހާއިރު މިނިސްޓްރީގަ އެވެ.

މޯލްޑިވްސް ވިޒިޓާ ސާވޭ ކުރަނީ ރާއްޖެއާ ދޭތެރޭގައި ޓޫރިސްޓުން ދެކޭގޮތާއި އަދި ރަގަޅު ކުރަންޖެހޭ ކަންތައްތަށް ބެލުމަށެވެ.