13:55


ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް ދިރާގުން ތައާރަފް ކުރާ ޕޮރޮމޯޝަންތައް މިއަހަރު ވެސް ތަޢާރަފްކޮށްފި އެވެ.


މި އަހަރު ދިރާގުން ތަޢާރަފްކުރި ޕްރޮމޯޝަންތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރު އިންޓަނޭޝަނަލް ސާވިސަސް ޖިނާނު ނިޔާޒު ވިދާޅުވީ ޕްރޮމޯޝަންތަކުގެ ފުރަތަމަ ފޭސްގައި މިއަދު ތަޢާރަފްކުރީ ހަތަރު ޕްރޮމޯޝަނެއް ކަމަށެވެ. އެގޮތުން މިފަހަރުގެ ޕްރޮމޯޝަންތަކުގެ ތެރޭގައި ރޯމިންގެ ހާއްސަ އަގުތަކެއް ސައުދީ ޢަރަބިއްޔާ އަށް ހިމަނާފައިވާނެ ކަމަށާއި އަދި ރާއްޖޭން ބޭރަށް ކުރާ ކޮންމެ ކޯލަކަށް ނަގާނީ އެއް ރުފިޔާ 99 ލާރި ކަމަށް ވެސް ޖިނާން ވިދާޅުވި އެވެ.


ޖިނާން އިތުރަށް ވިދާޅުވީ މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް ހިލޭ ނަމާދު ވަގުތު ހަނދާންކޮށްދިނުން ހިމެނޭ ކަމަށެވެ. އަދި ދިރާގުގެ ވައިފައި ލިބޭ 50 އަށްވުރެ ގިނަ ވައިފައި ޒޯންތަކަށް ވައިފައި އިންޓަނެޓް 50 ޕަސެންޓްގެ ޑިސްކައުންޓެއް މި އަހަރުގެ ރޯދަ މަހުގައި ލިބޭނެ ކަމަށް ވެސް ޖިނާން ވިދާޅުވި އެވެ.  ދިރާގު މޯބައިލް ބޭނުންކޮށްގެން ވޮއިސް ކޯލަކަށް 100 ރުފިޔާ ޚަރަދުކޮށްގެން ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ލިބޭ ހައްޖު ދަތުރު މިފަހަރުގެ ޕްރޮމޯޝަންތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމަށް ޖިނާން ވިދާޅުވި އެވެ.


މީގެ އިތުރުން ވެސް އިތުރު ޕްރޮމޯޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ތަޢާރަފްކުރާނެ ކަމަށް ދިރާގުން ބުންޏެވެ.