25 May 2012, 14:07
ލޮނުޒިޔާރަތްމަގު، ވީބީ މާޓްގެ ބިއްރޫރިގަނޑެއް ބަޔަކު މިއަދު ތަޅާލައިފި އެވެ.
މަންޒަރުދުށް މީހަކު ސަން އަށް ކިޔައިދިން ގޮތުގައި ވީބީ މާޓްގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ މިއަދު މެންދުރު ފަހު ސައިކަލެއްގައި ދިޔަ ޒުވާން ދެ ކުއްޖަކު ކަމަށެވެ. ގާބުރިއަކުން ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ސައިކަލުގައި އެ ދެ މީހުން ފިލާފައިވާ ކަމަށް ވެސް މަންޒަރުދުށް މީހާ ބުންޏެވެ.
"ސައިކަލުގައި އައި ދެ މީހަކު ޕާކިން ޒޯނުގައި ޕާކު ކުރުމަށް ފަހު، އައި ގޮތަށް އައިސް ޕޭމަންޓުމަތީގައި އޮތް ގާބުރިއެއް ނަގައި ޖެހިގޮތަށް ބިއްރޫރިގަނޑު ތަޅާލާފައި ރައްކާވެއްޖެ،" މަންޒަރުދުށް މީހަކު ބުންޏެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ބީވީ މާޓް ތަޅާލި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު މެންދުރު ފަހު 1:20ގައި ކަމަށެވެ. އަދި އެ މައްސަލާއާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.