ކޮންގްރެސް އޮފް ޑިމޮކްރެޓުގައި ބައިވެރިވެ ވަޑައިގަތުމަށް، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ މި ދަތުރު ފުޅުގައި ބައިވެރިވެ ވަޑައިގަންނަވާނީ މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ކަމަށެވެ.

މި ކޮންގެރެސް އޮންނާނީ މި މަހުގެ 24 އިން ފެށިގެން 26 ގެ ނިޔަލަށް ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.

މޮންޓެނީގްރޯ އާއި ރާއްޖެއާ ދެމެދު މިހާރު އޮތް ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައެވެ.