ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އަލަވޭޒް ބައްދަލުކުރި މެޗު އެންމެ ފަހު ވަގުތު ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް ރެއާލް އަރައިފިއެވެ.

އަލަވޭޒްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 0-1ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ރެއާލުންނެވެ.

ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.

މި މެޗުގައި ރެއާލަށް ހުރަހަކަށްވީ މެޗުގެ 54ވަނަ މިނެޓްގައި އެ ޓީމުގެ ނާޗޯއަށް ރަތްކާޑު ދެއްކުމުންނެވެ. ނަމަވެސް އިތުރު ވަގުތުގައި ލަނޑެއް ޖަހައިދިނީ ލޫކަސް ވަޒްކުއޭޒެވެ.

މި ލަނޑާއެކު މި މެޗުން ރެއާލް މޮޅުވުމުގެ އިތުރުން މި މޮޅާއެކު ރެއާލަށްވަނީ ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ވެސް ލިބިފައެވެ.