21 Dec 2023, 20:28
ދިރާގުގެ 'ވިން އަ ޓެސްލާ ޕްރޮމޯޝަން'ގައި ބައިވެރިވެގެން އަދިވެސް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.
ދިރާގުން ބުނި މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ކަސްޓަމަރުންނަށް ތަފާތު އަގުހުރި އިނާމްތަކެއް ދިނުމަށްޓަކައި އެ ކުންފުނިން ލޯންޗުކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށެވެ. އެގޮތުން މި ކާރަކީ ތިމާވެއްޓާއި ރައްޓެހި، އެންމެ ޒަމާނީ އިލެކްޓްރިކް ކާރެއް ކަމަށާއި އެ ކާރަކީ ޓެކްނޮލޮޖީގެ އެންމެ ފުރިހަމަ މިސާލެއްގެ ގޮތުގައި ބަލައިގަނެވޭނެ ކާރެއް ކަމަށް ދިރާގުން ބުންޏެވެ.
'ވިން އަ ޓެސްލާ' ޕްރޮމޯޝަނުގައި، ޕޯސްޓްޕެއިޑް 450 ޕްލޭން ނުވަތަ ފައިބަ ބްރޯޑްބޭންޑް 30Mއިން މަތީގެ ޕެކޭޖްއަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ހޯދުމުގެ ފުރުސަތު އެކުންފުނިން ވަނީ ހުޅުވާލާފައެވެ. އޭގެ ތެރެއިން ޕެކޭޖަކަށް ސަބްސްކްރައިބްކޮށް، އެކަމަށް ޚާއްޞަޕޯޓަލްއަކުންޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މިހާރު ދިރާގުގެ ޚިދުމަތް ބޭނުން ކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. އޮގޮތުން އަންނަ ޖެނުއަރީ 31ގެ ނިޔަލަށް ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މީގެ އިތުރުން ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތުގެ ނަމުގައި އޮންނަ ހުރިހާ ނަމްބަރަކުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އެގޮތުން ޕްރޮމޯޝަންގައި ބައިވެރިކުރާ ކޮންމެ ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑް ނަމްބަރަކުން ޓެސްލާ ކާރު ލިބުމުގެ ފުރުސަތު އިތުރުވާނެއެވެ.