ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަންގެ މަގާމުގައި ހުންނެވި މ.ޖަވާހިރުވާދީ އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމް މިއަދު އެެ މަގާމުން ވަކިކުރައްވައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ރައީސުލުޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބަދަލުކުރައްވައިފި އެވެ.

އިލިޔާސް އިމިގްރޭޝަނުން ޑިފެންސް މިނިސްޓްރީ އަށް ބަދަލު ކުރައްވާފައި މިވަނީ "ކޮންޓްރާވާސަލް"ބޯޑާ ކޮންޓްރޯލު ނިޒާމުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އެންޓި ކޮރަޕްޝަންގެ ޓީމުގެ މަސައްކަތަށް އިމިގްރޭޝަނުން ހުރަސްއަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

މި ސަރުކާރުން ތަކުރާރުކޮށް ބުނަމުން އަންނަނީ ސަރުކާރުގެ ސިޔާސަތަކީ ކޯޓުތަކާއި މިނިވަން މުއައްސަސާތަކަށް ގޮންނުޖަހައި އެ ތަންތަނުގެ އެންގުމާ އެއްގޮތަށް މަސައްކަތް ކުރުން ކަމަށެވެ.

އިލިޔާސް ކޮންޓްރޯލަރުގެ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކަމުގެ މަގާމުން ވަކިކުރެއްވުމަށް ފަހު، އެ މަގާމަށް ލެއްވީ މ. މެލީ ޑރ. މުޙަންމަދު ޢަލީ އެވެ. މުޙަންމަދު ޢަލީ މިހާތަނަށް ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމުގަ އެވެ.