21 Dec 2023, 15:58
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ.
ފެމިލީ ކޯޓުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އަންނަ އަހަރު ކައިވެނި ކޮށްދޭ ވަގުތުތައް ހާމަކޮށްފައެވެ.
ރަސްމީ ދުވަސްތަކުގައި ކޯޓުން ކައިވެނި ކޮށްދޭ ވަގުތުތަކަކީ:
09:00 އިން 11:30 އަށް.
- 13:00 އިން 13:30 އަށް.
- 15:00 އިން 21:00 އަށް.
އަދި، ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތަކަކީ ހަފުތާގެ ކޮންމެ ދުވަހެއްގެ 15:00 އިން 21:00 އަށް ކަމަށް ފެމިލީ ކޯޓުން މައުލޫމާތު ދެއެވެ.
ފެމިލީ ކޯޓުން މައުލޫމާތު ދިންގޮތުގައި، ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށަހެޅުމުން، ހުށަހަޅާ ފަރާތްތަކާއި ކޯޓުގެ ވަގުތުތަކަށް ރިޢާޔަތް ކޮށްގެންނެވެ.
މި އަންނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނިކޮށްދޭނެ ގަޑިތައް ފަހުން އިޢުލާން ކުރާނެ ކަމަށް އެ ކޯޓުން ބުންޏެވެ.