21 Dec 2023, 13:07
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ދެ ދުވަހަށް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަހުގެ 31ވަނަ ދުވަހު ބޭންކު ބަންދުވާނެ ކަމަށެވެ. އަދި އެއަށްފަހު ބޭންކު ދެން ހުޅުވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގައި ކަމަަށް އެ ބޭންކުން ބުނެފައިވެއެވެ.
އެ ބޭންކުން ބުނީ މި މުއްދަތުގައި ބޭންކިން ޚިދުމަތް ހޯދާ ނަމަ އިންޓަނެޓް ބޭންކިން އަދި ސެލްފް ސާވިސް ބޭނުން ކުރެވޭނެ ކަމަށެވެ.
އަދި ކޮންޓެކްޓް ސެންޓަރުގެ ނަންބަރު ކަމަށްވާ 3330200 އާއި، ވެބްޗެޓުގެ އިތުރުން ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
އާންމު އުސޫލެއްގެ ގޮތުން، އާ އަހަރާ ގުޅުވައިގެން ކޮންމެ އަހަރެއްގެ ވެސް އެންމެ ފަހު ދުވަސް، ބޭންކު ބަންދު ކުރެއެވެ.