21 Dec 2023, 10:41
ރޭ ދަންވަރު ވިލިމާލޭ ބާބަކިއު ސަރަހައްދު މޫދުގައި 32 އަހަރުގެ އަންހެނަކު ގެނބެނިކޮށް ފުލުހުން ސަލާމަތް ކޮށްފިއެވެ.
މި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 00:31 ކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ވަގުތު ފުލުހެއްގެ އެހީތެރިކަމާ އެކު އޭނާ ސަލާމަތް ކޮށްގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަން ވެސް ފުލުހުން ބުންޏެވެ.
އެ އަންހެން މީހާއަށް ވިލިމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މިހާރު އައިޖީއެމްއެޗްއަށް ބަދަލު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އަންހެން މީހާ މިހާރު ވަނީ އާއިލާއާ ހަވާލު ކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ އަންހެން މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް ވެސް ލޮނުބޮވި ފަރުވާ ދޭން ޖެހުނު ކަމަށެވެ.