ކުޅަދަނާ ފަންނާނުންނާއެކު މި އަހަރު ވެސް އުރީދޫ މިއުޒިކް ފެސްޓިވަލް ބާއްވަން ތައްޔާރުވަމުން އަންނަކަމަށް އުރީދޫއިން ބުނެފިއެވެ.

އުރީދޫ މިއުޒިކް ފެސްޓިވަލަކީ ކޮންމެ އަހަރަކު ވެސް އުރީދޫ ފަން ރަން ނިންމައިލުމަށްފަހު އޮންނަ މިއުޒިކް ފެސްޓިވަލެކެވެ.

ކޮންމެ އަހަރަކު ވެސް މަގުބޫލު ފަންނާނުން ފެންނަ މި މިއުޒިކް ފެސްޓިވަލަކީ ގިނަ އަދަދެއްގެ ޒުވާނުންގެ މެދުގައި މަގުބޫލު، އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލެވޭ ހަރަކާތެކެވެ.

އެ ގޮތުން މި ފަހަރު މި ފެސްޓިވަލުން އުރީދޫ ބްރޭންޑް އެމްބެސަޑަރު ހަބޭސް ބޮޑުބެރާއި ޑިޓިއުން ބޭންޑުގެ އިތުރުން މީރާ، ޓްރެފިކް ޖޭމް، ޒަކިއްޓެ އަދި ޑީޖޭ ދީދު ފެންނާނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.

މި ފެސްޓިވަލް އޮންނާނީ މާދަމާ ރޭ 08:00 ޖަހާއިރެވެ.

އުރީދޫ ފަން ރަން ގެ ހަރަކާތްތައް ހުކުރު ދުވަހު ހެދުނު 08:30ގައި އުރީދޫ ޑްރޯން ރޭހުން ފެށޭއިރު ހަވީރު 03:30 ގައި ރަންގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ

މި ހަރަކާތްތައް ބަލައިލުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކަށް ސެންޓްރަލް ޕާކަށް ގޮސް ހަރަކާތްތައް ބަަލައިލުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.