ލ. މާމެންދޫ ކައުންސިލްގެ އިދާރާ އާއި މާމެންދޫ ސްކޫލުން އިސްނަގައިގެން އެ ރަށުގައި ކުށްމަދުކުރުމާއި އާމާން ވެއްޓެއް ގާއިމުކުރުމާ ބެހޭ ވޯކްޝޮޕެއް ބާއްވައިފި އެވެ.

މާމެންދޫ ކައުންސިލުން ބުނީ މާމެންދޫ ސްކޫލްގައި މިއަދު ފެށި މި ވޯކްޝޮޕް ތިން ދުވަހުގެ މުއްދަތަށް ދެމިގެންދާނެ ކަމަށާއި އެ ވޯކްޝޮޕްގައި ބައިވެރިވާނީ މާމެންދޫ ސްކޫލްގެ ގްރޭޑް 10،9،8ގެ 40 ދަރިވަރުންނާއި އެ ރަށު އާއްމު ރައްޔިތުންގެ ތެރެއިން 40 މީހުން ކަމަށެވެ.

އެ ވޯކްޝޮޕްގައި މައުލޫމާތު ދެއްވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިސްވާނާއި ފޮނަދޫ ޕޮލިސް ސްޓޭޝަނުން ކަމަށް މާމެންދޫ ސްކޫލުން ބުންޏެވެ.