ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކާމިލް ދީދީ ސްކޫލް ކައިރީ ދެ ކާރު ޖެހި އެކްސިޑެންޓް ވުމުން އެތަނުން އެއް ކާރު މަޑުނުކޮށް ފިލުމުން އެ ކާރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ދެ ކާރު ޖެހި އެކްސިޑެންޓް ވުމުން އެތަނުން އެއް ކާރު މަޑުނުކޮށް ގޮސްފައި ވާކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ 23:40ހާއިރު ކަމަށެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓްގައި އެއް ކާރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، ކާރުގައި ތިބި ހަތަރު މީހަކަށް ވަނީ އަނިޔާވެފައި ކަމަށެވެ. އަނިޔާވި މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްއިން ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި އެއް ކާރު ދުއްވި މީހާގެ އަތުގައި ލައިސެންސް އޮތް ކަމަށެވެ.

މި އެކްސިޑެންޓްގައި ކާރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި އެއް ކާރު ވަނީ ކާމިލް ދީދީ ޕްރީ ސްކޫލުގެ ފާރުގައި ޖެހިފައިފައެވެ. އެ ފާރުގެ ބައެއް ވެސް ވަނީ ވެއްޓިފައެވެ.

މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.