އެޕަލްގެ ވިޝަން ޕްރޯ މިކްސްޑް ރިއަލިޓީ ހެޑްސެޓް އުފެއްދުމުގެ މަސައްކަތް އަވަސްކޮށް، އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ލޯންޗް ކުރުމަށް މަަސައްކަތްކުރަމުން އަންނަ ކަމަށްބްލޫމްބާގްނިއުސްއިން ރިޕޯޓުކޮށްފިއެވެ.

ޗައިނާގެ ފެސިލިޓީތަކުގައި އެ ހެޑްސެޓް އުފެއްދުމުގެ މަސައްކަތް ފާއިތުވި ހަފުތާތަކުގައި ހަލުވިކޮށްފައިވާ އަވަސްކޮށްފައިވާ ކަމަށް އެ ނޫހުގައިވެއެވެ. އަދި އަމާޒަކީ އަންނަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ހެޑްސެޓް ތައްޔާރުކޮށް އޭގެ ޖެހިގެން އަންނަ މަހު ރީޓެއިލް މާކެޓްގައި ވިއްކޭވަރު ކުރުން ކަމަށް ބްލޫމްބާގްއިން ރިޕޯޓުކޮށްފައިވެއެވެ.

ޖޫން މަހު ތައާރަފްކުރި ވިޝަން ޕްރޯގެ އަގު 3،499 ޑޮލަރަށް އަރައެވެ.

އެ ކުންފުނިން ސޮފްޓްވެއާ ޑިވެލޮޕަރުންނަށް އިއްޔެ ފޮނުވި އީމެއިލްއެއްގައި ވަނީ ވިޝަން ޕްރޯނެރުމަށް "ތައްޔާރުވުމަށް" ބާރުއަޅައި، އެންމެ ފަހުގެ ވަސީލަތްތަކާ އެކު އެ މީހުންގެ އެޕްލިކޭޝަންތައް ޓެސްޓްކޮށް، އެ މީހުންގެ ސޮފްޓްވެއާތަކަށް ފީޑްބެކް ހޯދުމަށް އަވަހަށް މަސައްކަތް ފެށުމަށް ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ޖުލައި މަހު އެޕަލްގެ ހެޑްސެޓްގެ ޕްރޮޑަކްޝަން ފޯކާސްޓްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވީ ޑިޒައިނަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

މިކަމާ ގުޅިގެން އެޕަލްއިން ރަސްމީކޮށް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

އެޕަލްގެ އާދަޔާ ޚިލާފު އުފެއްދުން ވިޝަން ޕްރޯގެ ވިޝަން ޕްރޯގެ އަމާޒަކީ ވާޗުއަލް ރިއަލިޓީ އާއި އޮގްމެންޓެޑް ރިއަލިޓީ ކެޕޭބިލިޓީސް އެއްކޮށް އަލްޓްރާ ހައި ރިޒޮލިއުޝަން ޑިސްޕްލޭތަކާ އެކު މުޅިން އާ ތަޖުރިބާއެއް ހޯދައިދިނުން ކަމަށް އެޕަލް އިންބުނެއެވެ.

އޮންބޯޑް ސެންސަރުތަކާއި ކެމެރާތައް ބޭނުންކޮށްގެން ބޭނުންކުރެވޭ ވިޝަން ޕްރޯ މެދުވެރިކޮށް ހަގީގީ ދުނިޔޭގެ މާހައުލުތަކުގެ މައްޗަށް ޑިޖިޓަލް ގްރެފިކްސް އޯވަލޭކޮށް، މުޅިން އާޓިފިޝަލް ރިއަލިޓީ އުފައްދައިދެއެވެ.

މި ހެޑްސެޓުން އެޕަލްގެ ބާރުގަދަ އެމް ސީރީޒް ޕްރޮސެސަރުތަކުގެ ބޭނުން ހިފައި، އައިއޯއެސްގެ މައްޗަށް ބިނާކޮށް ރިއަލިޓީއޯއެސް (އާރްއޯއެސް)ގެ ނަމުގައި ޚާއްޞަ އެޑަޕްޓެޑް ސޮފްޓްވެއާއެއް ބޭނުން ކުރާނެކަމަށްވެސް އެޕަލްއިން ވަނީ ބުނެފައެވެ.