24 May 2012, 14:34
މަސްތުވާތަކެއްޗާ އެކު ށ. ކޮމަންޑޫން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ ހަ ސެލޯފިންކޮޅާ އެކު ހައްޔަރުކުރީ ކޮމަންޑޫ ވިލުދޮޅި، އަޙްމަދު ޝިހާމް 32، ކަމަށެވެ.
އެ އަތޮޅު ފޮނަދޫ ޕޮލިސް ސްޓޭޝަނުން ކޮމަންޑުއަށް ގޮސް ހިންގި އޮޕަރޭޝަނުގައި ޝިހާމް ހައްޔަރުކުރުމުން އޭނާގެ އަތުގައި އެވަގުތު ހުރި ރަބަރު ޕެކެޓްތަކެއް ބިންމައްޗަށް އުކާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި އޭނާ އުކާލި ރަބަރު ޕެކެޓްތައް ގެނެސް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެތި އަޅާފައިވާ ހަ ސެލޯފިންކޮޅު ފެނިފައި ވަނީ އެ ޕެކެޓްތަކުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މި އަހަރު އިސްކަން ދިނުމަށް ކަނޑައަޅާފައިވާ ކަންކަމުގައި ހިމެނޭ މަސްތުވާތަކެތީގެ މައްސަލަތަކުގައި މަހުގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ މީހުން އެކި ރަށްރަށުން ހައްޔަރުކޮށްފަ އެވެ.