19 Dec 2023, 12:33
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާސްޓާކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އައިފޯން 15 ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ބީއެމްއެލުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން މާސްޓާކާޑުން ވިޔަފާރިކޮށްގެން ކޮންމެ ހަފުތާއަކު އައިފޯން 15 ޕްރޯއެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެ ކަމަށެެވެ.

ބީއެމްއެލްގެ މާސްޓާކާޑް-- ފޮޓޯ/ބީއެމްއެލް
މިގޮތުން، ކޮންމެ ހަފްތާއަކު މާސްޓާކާޑުން މަދުވެގެން 500 ރުފިޔާގެ ވިޔަފާރިކުރުމުން ލަކީ ޑްރޯގައި ބަރިވެރިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި، ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އައިފޯން 15 ޕްރޯއެއް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ، ދިންގޮތުގައި، މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ، މާސްޓާކާޑު ޑެބިޓް އަދި ކްރެޑިޓް ބޭނުންކުރާ ކަސްޓަމަރުންނަށް އެކަނި ކަމަށެވެ.
އަންނަ މަހު 18ގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.