19 Dec 2023, 11:12
އުރީދޫ ޑްރޯން ރޭސް 2023ގެ ސްކައި ވޯކާ ކެޓަގަރީގެ ކޮލިފައިން ބުރު އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވައިފިއެވެ.
ސްކައި ވޯކާ ކެޓަގަރީއަށް ރަޖިސްޓްރީވުމުގެ ފުރުސަތު 30 ޑްރޯން ޕައިލެޓަކަށް ދީފައިވާއިރު، ކޮލިފައިން ރައުންޑުން މޮޅުވެ ފައިނަލް ބުރުން ޖާގަ ހޯދާފައިވަނީ ނުވަ ޕައިލެޓުންނެވެ.

އުރީދޫ ޑްރޯން ރޭސް 2023: ފޮޓޯ/އުރީދޫ
އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި ހަރަކާތެއްގައި ސްކައި ވޯކާ ކެޓަގަރީގެ ޑްރޯން ޕައިލެޓުން ވަނީ މި ރޭހަށް ބަހައްޓާފައިވާ އޮބްސްޓެކަލް ހޫޕްތަކުގެ ތެރެއިން ޑްރޯންތައް ދުއްވާ ޕައިލެޓުންގެ ހުނަރު ދައްކާލާފައެވެ. މީގެ ތެރެއިން އުމުރުން 13 އަހަރުގެ ޑްރޯން ޕައިލެޓެއްވެސް ވަނީ ކޮލިފައިން ރައުންޑްގައި ބައިވެރިވެ ފައިނަލަށް ގޮސްފައިކަމަށް އުރީދޫން ބުންޏެވެ.
މި ޑްރޯން ރޭހުގެ ފައިނަލް ބާއްވަން ހަމަޖެހިފައިވަނީ މި ހަފުތާގެ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭ ސެންޓްރަލް ޕާކުގައައެވެ.
އުރީދޫ އިން ބުނާގޮތުގާ ފައިނަލް ރޭހުގައި ދެ ޑައިނަމިކް ކެޓަގަރީއެއްގައި ޕައިލެޓުން ބައިވެރިވާނެއެވެ. އެއީ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ޕައިލެޓުންނެވެ.

އިއްޔެ ބޭއްވި ޑްރޯން ރޭހުގައި ޑްރޯން ޕައިލެޓަކު ހަރަކާތްތެރިވަނީ: ފޮޓޯ/އުރީދޫ
ރޭހުގައި ވާދަކޮށް އެއް ވަނަ ދެ ވަނަ އަދި ތިން ވަނައަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭން އުރީދޫން ވަނީ ނިންމައިފައެވެ.
ސްކައި އެލީޓް (އެފްޕީވީ ޑްރޯންސް) ކެޓަގަރީ:
އެއް ވަނަ އިނާމު: ޑީޖޭއައި މިނީ 3 ޕްރޯ (ޑީޖޭއައި އާރްސީ) އެއް
- ދެ ވަނަ އިނާމު: 5ޖީ އެއާފައިބާ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (1536 ޖީބީ)
- ތިން ވަނަ އިނާމު: 2000 ރުފިޔާގެ މޫލީ ވައުޗާ
ސްކައި ވޯކާ (ނޮން-އެފްޕީވީ ޑްރޯން) ކެޓަގަރީ:
އެއް ވަނަ އިނާމު: ޑީޖޭއައި މިނީ 2 އެސްއީ އެއް
ދެވަނަ ވަނަ އިނާމު: 5ޖީ އެއާފައިބާ ޑިވައިސް + 3 މަސް ދުވަހުގެ ހިލޭ ޕެކޭޖް (750ޖީބީ)
ތިން ވަނަ އިނާމު:1000 ރުފިޔާގެ މޫލީ ވައުޗާ
މިއީ ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޑްރޯން ރޭސިން ކޮމްޕެޓިޝަންއެވެ. އެހެންކަމުން މި ރޭސިން ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ރޭސް ބަލަން އައުމަށް އުރީދޫއިން ވަނީ ދައުވަތު ދީފައެވެ.