ޕްރިންސެސް އޮފް ވޭލްސް ޑަޔާނާ 1985ވަނަ އަހަރު ތުރުކުރެއްވި ހެދުންކޮޅެއް ،އޭގެ އަގުގެ 11 ގުނަ ބޮޑު އަގެއްގައި ނީލަމުގައި ވިކިއްޖެއެވެ.

އެ ހެދުންކޮޅު ނީލަމުގައި ވިކިފައިވަނީ 1،148.080 އެމެރިކާ ޑޮލަރެށެވެ. ހެދުންކޮޅު ވިކޭނެކަމަށް ކުރިން ލަފާކުރި އަގަކީ 100،000 އެމެރިކާ ޑޮލަރެވެ.

އެއީ ޑަޔާނާ ތުރުކުރެއްވި ހެދުންކޮޅުތަކުގެ ތެރެއިން އެ ކަމަނާ ތުރުކުރައްވައިފައިވާ އެންމެ އަގުބޮޑު ހެދުންކޮޅުގެ ގޮތުގައި ނީލަމުގައި ވިކިފައިވާ ހެދުންކޮޅެވެ.

ޑަޔާނާ އެންމެ ފުރަތަމަ އެ ހެދުންކޮޅު ތުރުކުރެއްވީ އިޓަލީގެ ފްލޮރެންސަށް 1985ވަނަ އަހަރު އޭނާގެ އޭރުގެ ފިރިމީހާ ޗާލްސްއާއެކު ކުރެއްވި ޝާހީ ދަތުރުފުޅެއްގައި، ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ނޫ ކުލައިގެ ސްކާޓަކާއި ކަޅު ކުލައިގެ ޑިޒައިންގެ އެ ހެދުންކޮޅަކީ ދުނިޔޭގެ މަޝްހޫރު ޓެކްސްޓައިލް ވިޔަފާރިވެރިޔާ ޖޭކޮބް ޝްލެޕާ ޑިޒައިންކޮށްފައިވާ ފޮތިގަނޑަކުން ފާހަފައިވާ ހެދުމެކެވެ.

މީގެ ކުރިން ޑަޔާނާ ތުރުކުރައްވައިފައިވާ ހެދުންކޮޅުތަކުގެ ތެރެއިން ނީލަމުގައި ވިއްކާފައިވާ އެންމެ އަގުބޮޑު ހެދުންކޮޅަކީ 1991 ވަނަ އަހަރު ވިކްޓާ އެޑެލްސްޓައިން ގެ ވެލްވެޓް ގައުނެކެވެ. އެ ގައުން ޖެނުއަރީ މަހު ވިކިފައިވަނީ 604،800 އެމެރިކާ ޑޮލަރަށެވެ.

ޝާހީ އާއިލާއާއެކު ހޭދަކުރި ދުވަސްވަރު ޑަޔާނާ ވަނީ މޮރޮކޯ/ އިނގިރޭސި ފެޝަން ޑިޒައިނަރު ޕިސްތަކުން ޑިޒައިންކޮށްފައިވާ ބައެއް ޕީސްތައް ލައިގެންނެވެ.