19 Dec 2023, 09:48
އެންބީއޭ ބާސްކެޓު ބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސްއިން އޯލާންޑޯ މެޖިކް ބަލިކޮށްފިއެވެ.
ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މި މެޗު ސެލްޓިކްސް ކަމިޔާބުކޮށްފައިވަނީ 114 ޕޮއިންޓު 97 ޕޮއިންޓުންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަަތަމަ ދެ ކުއާޓާ ނިމުނުއިރު ސެލްޓިކްސްއިން ވަނީ 11 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މި ކާމިޔާބީއާ އެކު ސެލްޓިކްސްއިން ވަނީ އަމިއްލަ ކޯޓުގައި މެޗަކުން ބަލިނުވެ 14 މެޗު ހަމަކޮށްފައެވެ. މިއީ އެންބީއޭގެ ރިކޯޑެކެވެ.
މެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޖޭލެން ބްރައުންއެވެ. އަދި، މެޖިކަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ޕޯލޯ ބަންޗޭރޯއެވެ.
މި މުބާރާތުގައި މިލްވައުކީ ބަކްސްއާއި ހިއުސްޓަން ރިކެޓްސް ބައްދަލުކުރި މެޗު 128 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ.
މި މެޗުގައި ބަކްސްގެ ޑާމިއަން ލިލާޑްވަނީ 39 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑު ނަގައިދީ 11 އެސިސްޓް ދީފައެވެ. އަދި، ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓު ހޯދައިދީ އަށް ރީބައުންޑު ނަގައިދީ ފަސް އެސިސްޓް ދިން އަލްޕެރެން ސެންގުންއެވެ.
މީގެ އިތުރުން، ނިއުއޯލިއަންސް ޕެލިކަންސްއާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 146 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ޕެލިކަންސްއެވެ.
މެޗުގައި ޕެލިކަންސްގެ ޖޯނަސް ވެލަންޗިއުނާސް ވަނީ 15 ޕޮއިންޓް ހޯދައިދީ 15 ރީބައުންޑް ނަގައިދީ ތިން އެސިސްޓްކޮށްފައެވެ. އަދި، ސްޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ވިންޓާ ވެމްބަންޔާމާއެވެ.
މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ފީނިކްސް ސަންސްއާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 112 ޕޮއިންޓް 108 ޕޮއިންޓުން ސަންސް ކާމިޔާބު ކުރިއިރު ގޯލްޑަން ސްޓޭޓް ވޮރިއާސްއާއި ޕޮޓްލަންޑް ޓްރެއިލް ބްލޭޒާސް ބައްދަލުކުރި މެޗު 118 ޕޮއިންޓު 114 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ވޮރިއާސްއެވެ.