22 Dec 2023, 11:01
"ދުނިޔެއަށް ފޮނުއްވި މަގުސަދަކީ ﷲ ތައާލާއަށް އަޅުކަން ކުރުމެވެ. ދުނިޔޭގެ އުފާތަކާއި މަޖަލަަށް ހެއްލި އާޚިރަތް ދުވަހު ހިތާމަ ކުރަން ނުޖެހޭގޮތަށް އަމަލު ބަހައްޓާށެވެ. އޭރުން ދުނިޔެއިން ވަކިވެގެންދާނީ ނަސީބުވެރިއެއްގެ ގޮތުގައެވެ."
***
"އަންކަލް ނާޝް ފެނުނީ މެޑިކަލް ރިސަރޗް ސެންޓަރަށް ވަރަށް ފްރިކުއެންޓްލީ އަންނަތަން ފެންނާތީވެ... އެއީ މި މަހުގެ ކުރީކޮޅުން ފެށިގެން. އައި ވޯޒް ވޮރީޑް ފޮރ ހިމް އެޓް ފަރސްޓް.... އެއީ އެތަނަށް ގިނަ ފަހަރު ދާންޖެހޭނީ ވަރަށް ބޮޑެތި ބަލިތަކާއި ޑީލް ކުރަމުންދާ މީހުން.....ލެބް ރިޕޯރޓްސްތައްވެސް ބެލިން ބަޓް ނޯ ރިޕޯރޓްސް އޮފް ހިމް... ވޯންޓެޑް ޓު އާސްކް ޑޭޑް އޯލްސޯ އެކަމު ހީ ވޯންޓް ޕިކް މައި ކޯލްސް.... ބަޓް ދެން އެއްދުވަހު ހިތައް އެރީ އައި ވިލް އާސްކް ހިމް އޭ.... އައި ސޯ ހިމް ވިޒިޓިންގް ދި ސައިކޭޓްރިސްޓް.....އެހެންވެ ބޭރުގަ މަޑުކޮށްލައިގެން އިނީ ނިމެންދެން.... ދެޓްސް ވެން އައި ސޯ ހިމް ......ވިތް އާންޓީ ނަބީ.... ޗެއިންޑް ޓު އަ ބެޑް... ޝީ އިޒް އެލައިވް.... އައި އޯލްސޯ ގޮޓް ވެރީ ޝޮކްޑް... އަންކަލް އަކަށް ނޭނގޭނެ އަހަރެން ފެނުނަސް އެހެންވެ އަވަހަށް ބޭނުންވީ ކަމުގެ ހަގީގަތް ހޯދަން....އައި ކޭން އޮންލީ ހޭވް އެކްސެސް ޓު ލެބް ރިޕޯރޓްސް ސޯ... ފުރަތަމަ އެބަލައިލީ، ނަބިއްތަ އިޒް މޯސްޓްލީ ގިވެން ވަރަށް ބާރުގަދަ އެކްސްޕެރިމެންޓެޑް ޑްރަގް އެއް ޓު ކީޕް ހަރ ސްލީޕިންގް... ޝީ އިޒް އަންޑަރ ވެރީ ހައި ސެކިއުރިޓީ ޓޫ....ޑޯންޓް އާސްކް މީ ހައު ބަޓް އައި ވިޒިޓެޑް ހަރ.... ނަބިއްތަ އިޒް ނޮޓް މެންޓަލީ އިލް...ޝީ އިޒް ޕޮސެސްޑް... އައި ނޯ ހުޝަލް ވެސް އަދި އަންކަލްމެންވެސް ގަބޫލެއް ނުކުރާނެކަން...އެކަމަކު އައި ވޯންޓު ހެލްޕް ހަރ..." ވަރަށް އަސަރާއެކު މެހެކް ކިޔައިދިނެވެ.
***
"މަންމަގެ ކަންތައްތަކުގަ ބައިވަރު ސިއްރުތަކެއް ވެއްޖެ... ހަމަގައިމުވެސް އެހުރިހައިކަމެއް ހޯދައިބަލާނަން.... މާޒިމް ހިތާހިތުން ނަފްސަށް ޔަގީންކަން އެރުވިއެވެ. އެ އުރުޖުވާން އޭނަގެ މާމަ ބުންޏޭ ކިޔާފަ ދެއްކި ވާހަކައިގެވެސް ކޮންމެވެސް ހަޤީޤަތެއްވާނެކަން ކަށަވަރު.... އަދި މަންމަގެ ކުރެހުންތައް ހުރި ފައިލުގަ އެކި ދިމަ ދިމައިގައި ކުރަހާފައިވާ ލޮލުގެ ކުރެހުންތައް..." ފުން ވިސްނުމެއްގައި ޙިޔާލުތަކުން ފުނިޖެހިފައި އިން މާޒިމް ހޭލައްވާލީ ގަޑީގެ އެލާމުންނެވެ. މި އޮފީސް ދޫކޮށް ދާން މާޒިމްގެ ހިތް ނޭދުނަސްވެސް އޭނަ ބޭނުންވީ އެއްވެސް މީހަކަށް ހިލަމެއް ނުވާ ފަދައިން ކަންތައްތަކުގެ ހަގީގަތް ހޯދުމަށެވެ. މަޣުރިބު ފަހުން ދާން ނިންމީވެސް އެހެންވެއެވެ. މިއަދު މިތާ ހުރެ މަންމަ ގެ ރިޕޯޓުތަކުގެ ހަގީގަތް ދެނެގަންނަން އުޅުނަސް އެންމެން ބޭނުންވާނީ އޮޅުވާލައި މަކަރު ހެދުމަށެވެ. އަދި އޭނައަކީ ކާކުކަން ބަލަންވެސް ބޭނުންވާނެކަން ކަށަވަރެވެ. މަންމަ ދިރި އެބަހުރިތޯ އަދި ނެތްތޯ އެ ސުވާލުން ހިތް ނުތަނަވަސް ކުރަން ބޭނުން ނުވިޔަސް ކަމުގެ ހަޤީޤަތް ކޮންމެވެސް ވަރަކަށް އޮޅުވާލައިފައި ކަން އޮތީ ހާމަވެފައެވެ. އެހެންކަމުން މާޒިމް ވަރަށް ވިސްނުންތެރިކަމާއެކު އޭނާގެ ޕްލޭން ރާވައި ނިންމާލީ ފެރީ އަށް ދިޔަ މަގުމަތީގައެވެ. ނަމަވެސް ހަމަ އެންމެ ކަމެއް މެނުވީ އޭނަގެ ސިކުނޑިއަށް އެކަމެއް ކުރާނެ މޮޅު ޚިޔާލެއް ނައިސް ހުރެވުނީ ފެރީ ޓާމިނަލްގައި ހުރި ފަނޑު އަލިކަމެއްގެ ތެރޭގައި ފެރީގެ އިންތިޒާރުގައި ހުރެއެވެ.
"މާޒިމް މުޙައްމަދު ނާޝިދް..... "
ސިއްސައިގެން ދިޔަ މާޒިމްގެ ގައިން ހީބިހި ނަގައިގެންދިޔަ އެވެ.
"ލައްބަ؟ތި ކާކު؟ "އަޑުވެސް ނިކުންނަން އުނދަގޫ ވާކަހަލަ ގޮތެއްވި ނަމަވެސް ކަރު ކަހާލައިފައި މާޒިމް ޖަވާބު ދިނީ ސުވާލެއްކޮށްލާކަހަލަ ގޮތަކަށެވެ.
މާޒިމްއާއި ޖެހިގެން އިން ގޮނޑީގައި އިނީ ކަޅު ތޮތްޕަކާއި ގަޔަށް ދޫކޮށް އޮތް ބާ ޓީޝާޓަކާއި ކުރު ސޯރޓެއްލައިގެން ހުރި ފިރިހެނެކެވެ. އޭނަގެ ގައިން ދުވަނީ ހުތް ރާކަހަލަ ވަހެކެވެ. ލޯ ރަތް ކަމުން ހީވަނީ އަނގުރު އަލިފާން ގަނޑެއްހެންނެވެ.
"އަހަންނަކީ ބީރައްޓެއްސެއް...." ވަރަށް ސިއްރުވެރި ހީލަތްތެރި ރާގަކަށް ބުނެލިއެވެ.
ފެރީ އެއިރު ގާތް ކުރުމުން އަވަސް އަވަހަށް މާޒިމް ދިޔައީ އެހެންމީހުނާ އެކީ ފެރީ އަށް އެރުމަށެވެ. "އަހަރެން ނުވެސް ދަންނަ މީހެއް.. ވެދާނެ ކަރުގަ އަޅުވާފައި އިން ޑޮކްޓަރ ކާޑު ފެނިފަ ކަމަށް ނަން އެނގުނީ ..އެ މީހާ ގަނޑު ފަހަތު ނާޅުވާފިއްޔާ ރަނގަޅު.." އެ ފަނޑު އަލިކަމުގައި އެ މީހާގެ މޫނު ރަނގަޅަށް ނުފެނުނަސް އެ ލޮލުގެ ރަތް ކަމުންނާއި ދިން ޖަވާބުން މާޒިމް ނިންމީ އެއީ ގޯސް މީހެއްކަމަށެވެ. އެމީހާ މާޒިމް ފަހަތުން ފެރީ އަށް އަރާ އިނީ މާޒިމް އާއި ކުރިމައްޗަށް ވާ ސީޓުގައެވެ. ފައިވާނެއްވެސް ނުލާ އެހާ ހަޑި ގޮތަކަށް ހުރުމުން ފެރީ އިން އައި އެހެންމީހުންވެސް އޭނަ ކައިރީ ސީޓުގައި ނީށީދެއެވެ. ފެރީގައިވެސް ފަނޑު އަލިކަމެއް ހުރުމުން މޫނު ނުފެނެވެ. މަޑު ރާގެއްގައި ކޮންމެސް ބަނދިވަރެއް ކިޔާލަ ކިޔާލައި އެމީހާ އިނީ މޮޔައެއް ފާޑަކަށެވެ.
***
"ވައި ޑިޑް މާމަ.... އީކްކް ދެން ވަރަށް ފޫހި....." އުރުޖުވާންގެ ގަތް ލަދުން އަތުން ހިއްލާފައި ހުރި ދާ ފޮޅަމުން ދެކޮޅަށް ދެކޮޅަށް ހިނގުމުގައި ހުރެ ބުނެލިއެވެ.
"އެ ކީއްވެ ފޫހިވާންވީ... ކިހާ ސަޅި އުރޫޖްއަށް މާޒްވިލާއަށް ދެވުނީމަ.. ކުޑަބެ ވެސް އުރޫޖް އާ މާމަ ގެންދަން އެތިބީ.. އައިމް ހެޕީ" މަދީނާ ވަރަށް އުފަލުން ހުރީ ކެނާންވެސް މާމަ އާއި އެއްބައިވެ އުރުޖުވާން މެން އެގެޔަށް ގެންދިޔުމަށް ހިއްވަރު ދިނުމުންނެވެ.
"އިޓްސް ނޮޓް ދެޓް... އައި ޑޯންޓް ލައިކް އާސްކިންގް ޕީޕަލް ފޮ ފޭވަސް.... އެއްވެސް ރީޒަނެއް ނެތި ހަމަ ދެން އެގެޔަށް ބަދަލު ވާން އަސްލު ޑޯންޓް މޭކް ސެންސް ދޯ... ކެނާން ވެސް ހިތަށް އަރާނެ އެއްނު ކޮން ހައިސިއްޔަތަކުންބާ އޭ އަހަރުމެން އެގަޔަށްދާން މިހާވަރަކުން މި އުޅެނީ. މަދީނާ އާއެކީ އުޅެން ބޭނުން އެކަމަކު އެންމެނަކަށް އެއީ ވެލިޑް ރީޒަން އަކަށް ނުވާނެ..."
"ސްޓޮޕް އޯވަރތިންކިންގް. ކުޑަބެ އެގޮތަކަށް ހިތަކަށް ނާރާނެ....ކުޑަބެ ނުލާހިކު އުރޫޖް އާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނާނީ....އަދި އަހަރެންގެ އުފަލަށްޓަކައި ކުޑަބެ ކޮންމެ ފަދަ ކަމެއްވެސް ކޮށްދޭނެ...އަދި ދޮންބެ ވެސް... ފަހު ތަންކޮޅު މަދީނާ ބުނެލީ ވަރަށް ހިންދިރުވާލަމުންނެވެ.
"ތި ދޮންބެގެ ވާހަކަ އަދި ނުދައްކާ.....ހީ ވިލް ބީ ދަ ޑެތް އޮފް މީ..." އުރުޖުވާން ލޯ އަޅައިލާފައި ބުނެލިއެވެ.
"ދެން ޑޯންޓް އޮވަތިންކް ޕްލީޒް... ޔޫ އާ ކިލިންގް ދަ ވައިބް...ހިނގާ ދެން ކާން...ވަރަށް ބަނޑުހައި..."
***
ކެނާން ކައި ނުމުމަށް ފަހު މާމަ ކައިރީ އެދުނީ އަދި އިރުކޮޅަކަށް މަދީނާ އެގޭގައި ބަހައްޓައި ދިނުމަށެވެ. ކެނާން ގަސްތު ކުރީ ޖިމަށް ގޮސްލާފަ އަސުރު ފަހުން ފެނަށް ކިޔަވަންދިން އާޔަތް ތައް ގޭގައި އެކަނި ހުރެ ކިޔަވާލުމަށެވެ. މަދީނާ ގޭގަ ހުރިއްޔާ ހަމަޖެހިލައިގެން ކިޔަވަން އުނދަގޫ ވާނެއެވެ.
"ކުޑަބެ އަދި ޖެހޭނެ ޖިމަށް ގޮސްލަން... އަފްޓަރ އިޝާ އަންނާނަން ބަލާ...އަންޓިލް ދެން ހޭވް ޔޯރ ފަން.... މާޒް އަންނާނީ މިރޭ ދަންވަރަށް..." މަދީނާ އެއްކައިރިޔަކަށް ޖައްސާލުމަށްފަހު ކެނާން ބުނެލި ހިނދު މަދީނާގެ އުފާ ވެރި މޫނު ދިއްލުނެވެ.
"ލެޓްސް ބޭކް ދޯ މިއަދު...އުރޫޖް ވަރަށް މީރުކޮށް ބަނާނާ ކޭކް އަޅަމެއްނު...އައި ވޯންޓް ދަސްކުރަން"
"އާނ އޯކޭ... ދޮންކެޔޮ ވެސް ހުންނާނެ....މާމަ ގެ ބޭސް ނަގާދީފަ މިދަނީ..." އުރުޖުވާން ހިނގައި ގަތީ މާމަ ކޮޓަރިއަށެވެ. އޭރު މާމަ އަލަމާރި ތެރެއިން ކުޑަ ލަކުޑި ފޮށްޓެއް ނަގައި ދިއްކޮއްލިއެވެ.
"ކަނބުލޯ މި ފޮށީގަ އޮންނާނެ ކެވެލި ކޮޅަކާ، ކަރުގަ އަޅާ ފަށެއް....މި އަޅާ ދުވަސް މިހާރު ޖެހިއްޖެ...." ވަރަށް ފުން ހިނިތުންވުމެއްގައި މާމަ ބުނެލިއެވެ.
"މާމަ ދުވަހާ ގަޑި ބަލާފަތަ ތިވެސް އަޅުވަނީ...މާމަ ހާދަ ފަނީ އޭ ދެން" އުރުޖުވާން އަށް ހެވުނެވެ.
"ނޫނޭ ދަރިޔާ...މާމަ މި ދެން ކޮންމެ ފަދަ ދުވަހަކުވެސް ހިނަގައިދާނެ މީހެއް....ދަރިފުޅަށް ދޭން އޮތް އެއްޗެއް ނުދީ ދާން ޖެހިއްޖެއްޔާ......" އަޑުގައި މޮޅިވެރިކަންވިއެވެ.
"މާމާ.. ދެން އުރޫޖް ރުޅި މާމަ އަބަދު ތިކަހަލަ ވާހަކަ ދައްކަންޏާ... މިހާރަކަށް އައިސް އަބަދު މާމަ ދައްކަނީ ތިކަހަލަ ވާހަކަ... ތިހެން ހަދަންޏާ އުރޫޖް ބޭނުމެއް ނޫން ތި ފޮށީގަ ހިފާކަށް..." އުރުޖުވާން ހުނުން ހުއްޓި ފެންކަޅިވާގޮތްވިއެވެ.
"އެ ދެން އެހެން ބުނި އެއްޗެއް ނޫނޭ... މާމަ ވަރަށް ބޮޑަށް.... ޗޮރީ...އަނހަ ކީކޭތަ ކިޔަނީ...ލޮރީއެއްތޯއްޗެއް..... ނޭނގެ"
"އިޓްސް ސޮރީ" އުރުޖުވާން އަށް ހެވުނެއް ކަމަކު ލޮލަށް ބަރުވެފައި ހުރި ކަރުނަތައް ފޭދުނެވެ.
"މާމަ ދެން ބޭސް ކައިގެން އަރާމް ކޮށްލާނަން... މާމަ ފަހުން ކަނބުލޮ ކަރުގައާއި އަތުގަ އަޅުވަދޭނީ މިވީގޮތުން... ކަނބުލޮ ދެން ދޭ މަދީނާ އާ އެކު ކަމެއް ކޮށްލަން..އެކޮއެ ފޫހި ވާނެ..." ގައިގަ ބައްދާލައިގެން އިން އުރުޖުވާން ކޮނޑުގައި ފިރުމާލަމުން މާމަ ބުނެލިއެވެ.
***
ކެނާން އެއަ ޕޮޑްސް ކަންފަތުގައި ޖަހާލުމަށްފަހު ފޯނުން އަޅުވާލީ އުބެއިދު ފޮނުވާލައިފައި އިން ދަރުހެކެވެ. އެ ދަރުހުން ބައެއް ކެނާންގެ ހިތުގައި ބިންވަޅުނެގި ކަހަލައެވެ. "އެކަނި ހުރެއްޖެނަމަ ނުބުނާށެވެ. އަހަރެން މިހުރީ އެކަންޏެވެ. އޭގެ ބަދަލުގައި ބުނާށެވެ. އަހުރެންގެ މައްޗަށް މޮޅަށް ބައްލަވާވޮޑިގެންވާ ބަލަހައްޓަވާ ކަލަކު ވެއެވެ. އަދި اللَّه އީ ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ. އަދި އެކަލާނގެ ޙަޟްރަތުގައި ފޮރުވިފައިވާ ކަންކަމަކީ ނުފެންނަ އެއްޗެއްކަމުގައި ނުވެއެވެ. ފަހެ، ދުވަސްތައް އަވަހަށް ފާއިތުވާކަން ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި ހަމަކަށަވަރުން، މާދަމާއަކީ، تقوى ވެރިންނަށް ގާތްވެގެންވާ ދުވަހެކެވެ."
ކެނާން އަބަދުވެސް ދީނަށް ލޯބި ހުރެއެވެ. އެކަމުކު ބޮޑުވަމުން އައި މާހައުލުގެ ސަބަބުން ދީނީ ކަންތައްތައް ވަނީ އެންމެ ފުރިހަމަ ގޮތުގައި ނުވެފައެވެ. ނަމަވެސް މަންމަ ގެއްލުނު ފަހުން ކެނާން ނަމާދުކުރުމަށް ފަރުވާތެރިވާން ފެށުނެވެ. އެއީ ނަމާދުން އޭނައަށް ތަސައްލީއެއް ލިބިދޭތީއެވެ.
އަސުރަށް ފަހުން ގެޔަށް އައިސް ފަސް ލީޓަރުގެ ފެން ފުޅިއެއް ހިފައިގެން ކެނާން ސޯފާގައި ހަމަޖެހިލައިގެން އިނީ ކިޔަވަން ދިން އާޔަތްތައް ކިޔެވުމަށެވެ. ސިޓިންގރޫމުގައި ހަވީރުގެ އަލި ހުއްޓެއް ކަމަކު ހުރިހައި ބޮތްކެއް ދިއްލާލައިގެން ހުރީ އެކަނި ހުރުމުން ބިރުގެންފާނެތީއެވެ. ނަމަވެސް މިއަދު އަޑުއެހި ދަރުސް މަތީން ހަނދުމަކުރެވުނެވެ. ފޯނުން ކިޔަވަން ފެށީ ވަރަށް ފަރުވާތެރިކަމާއެކުއެވެ. އެއީ ބައެއް އާޔަތްތައް ކިޔަވަން އުނދަގޫވީ ހަމައެކަނި ކޮށި ވީމައެއްނޫނެވެ. ގައިން ދިލަ ހޫނެއް އަރައި އަދި ބޮލަށްވެސް އުނދަގޫ ވާކަހަލަ ގޮތެއް ވާންފެށުމުންނެވެ. އެކަމަކުވެސް ކެނާން ބޭނުންވީ ހިތްވަރާއެކު ކިޔަވައި ނިންމުމަށެވެ. ﷲ އަށް ވަކީލު ކޮށް އަދި އެ އިލާހުގެ ބާރުގެ މަތިވެރިކަމާއި އެކަލާނގެ އަށް އެއްވެސް ކަމެއް ވަންހަނާވެގެންނުވާ ކަން ހިތައް ވެރިކޮށްލުމުން ކެނާންގެ އަޒުމް އިތުރަށް ވަރުގަދަވިއެވެ.
"އަލްހަމްދުލިﷲ..." ވުޟޫ ގުނަވަންތަކުގައި ފެން ހާކާލުމަށްފަހު ލިބުނު ހިތް ފަސޭހަކަމުން ކެނާން އަށް ބުނެވުނެވެ. އަދި އެ ފުޅިން ކޯވަރެއް ބޯލުމަށްފަހު ފްރިޖް ތެރެއަށް ކުޑަ ފެންފުޅިއަކަށް ފެން އެޅުމަށްފަހު ލިއެވެ.
ކެނާން ގެ ހިތް ޤުރުއާން ނަގައި ކިޔެވުމަށް އެދުނެވެ. މިއީ އޭނައަށް ދުވަހަކުވެސް ކުރެވޭ ކަހަލަ އިހުސާސްތަކެއް ނޫނެވެ. ނަމަވެސް މިއަދު އެއްވެސް ސަބަބަކާއި ނުލާ ހިތް އެދުނީ މުސްހަފް ނަގައި ކިޔެވުމަށެވެ. އެއީ ކިތަންމެ ކޮށިކޮށް ކެޔެވުނު ކަމުގައި ވިޔަސްމެއެވެ. އެކަމަކު މިގޭގަ މުސްހަފެއް ނެތްކަން އެނގުނީ އެއިރެވެ. ކެނާންއަށް ބިރުވެރިކަން އިހުސާސްކުރެވުނެވެ. އެއީ ދުނިޔެ ލެއްވިހާ ބޭކާރު ފޮތްތަކެއް ޖަހާފަ ހުރި ކަބަޑުގައި އެންމެ ބޭނުންތެރި މާތް ފޮތް ނެތުމުންނެވެ. މަޣްރިބަށް ބަންގި ދޭން ވަގުތު ކުޑަތަން ވުމުން އަވަހަށް މަސްޖިދަށް ދާން ހިނގައިގަތް ގަޑީ ގޭތެރެއިން އެއްޗެއް ރޯ އަޑު އިވެން ފެށިއެވެ. ނަމަވެސް ކެނާން ބޭނުންވީ އަވަހަށް މަސްޖިދަށް ދިއުމަށެވެ.
***
ގަބުވެފަ އިން ހުޝަލް އެއްވެސް އެއްޗެއް ނުބުނެ ހިމޭންވެފައި ހުރުމުން މެހެކް މޭޒުމަތީ ކުޑަކޮށް ޖަހައިލީ ސަމާލުކަން ހޯދުމަށެވެ.
"ހުޝަލް ކޮންމެވެސް އެއްޗެއް ބުނެބަލަ" މެހެކް އާދޭހާއެކު ބުންޏެވެ.
"ވަޓްސް މޯރ ޓު ސޭއި....މެހެކް...ތި ހަދަނީ ތެދުކަމެއް ދޮގު ކަމެއް އަހަންނަކަށް ނޭނގޭ...އަހަރެން ބޭނުންވަނީ މަންމަ މި ދުނިޔޭގަ ހުރިއްޔާމުން މަންމަ ދެކެން..އައި ވޯންޓު ސީ ހަރ... ކޮންމެ ސްޓޭޓެއްގައި ހުރިނަމަވެސް އައި ވޯންޓު ސީ ހަރ...މަންމަ ގެއްލުނީ އޭ ކިޔާފަ.....ތި ނާޝިދުގެ މަކަރުވެރި ރޭވުންތަކުން މަންމަ ސަލާމަތްކުރަންޖެހޭނެ...އޭނަ މިހާ ބޮޑަށް އޮޅުވާލީ ކީއްވެ...އައި ވިލް ފައިންޑް ހިމް އެންޑް ކް..... "އަތް މުއްކަވާލައި ބުނަން އުޅުނު ބަސްފުރިހަމަ ނުވީ މެހެކްގެ ލޮލުން ފޭދުނު ކަރުނަ ފެނުމުން ހުއްޓުނެވެ.
މެހެކް ގެ ލޯ ފޮރުވަން ނިޤާބް މަތީން އަދި އިތުރު ފޮތިކޮޅެއް އަޅައިލިއެވެ.
"ހުޝަލް، އަހަރެން ހުޝަލް އަށް ހެޔޮ އެދޭތީ މި ބުނަނީ... ނަބީއްތަގެ ކަންތައްތަކުގަ މުޅީން މެޑިކަލް ނޫން އެހެންކަމެއް ވެޔޭ.... ހުޝަލް...އައި ޖެނުއިންލީ ވޯންޓު ހެލްޕް...އެކަމަކު ނާޝްބެވެސް ކަންތައްތައް ފޮރުވައިގެން އުޅެނީ ކީއްވެތޯ ވެސް ބަލަން ބޭނުން...މިހުރިހައި ކަމެއްގެ ހައްލެއްނޫން އެއީ ނާޝްބެ އާ ކޮންފްރޮންޓުކޮށް ހައިޖާންކުރުން...ހައްލު ހޯދަންބޭނުމިއްޔާ ޔޫ ނީޑް ޞަބްރް އެންޑް ތަވައްކުލް....މެހެކް ވާހަކަދެއްކީ އޯގާތެރިކަމާއި އެކު ނަމަވެސް ހަރުގޮތަކަށެވެ.
"ޞަބްރާއި ތަވައްކުލު އެ ކާކު؟ އެމީހުންނަށް ކިހިނެއް މިކަމުގަ އެހީ ވެވޭނީ...އެމީހުން ކޮންތާކުން ހޯދަންވީ....މަންމަ އާ މީޓް ކުރެވޭނަތަ އެމީހުން ލައްވާ...." ހުޝަލް ވަރަށް ފަރުވާތެރިކަމާއެކު އަހާލެވުނެވެ.
ކައިރީ އިން މޭޒުގައި އިން މީކައިލްއަށް ހެވޭ ގޮތް ވިއެވެ. ހުޝަލް މީކައިލަށް ލޯއަޅައިލީ ހެވެންޖެހުނު ސަބަބު ނޭނގުމުންނެވެ.
"އިޓްސް ޕޭޝަންސް، އެންޑް ޓްރަސްޓް އިން ﷲ، ހުޝަލް އަހަންނަށް އިނގޭ ހުޝަލް އެންމެ ބޭނުންވާ ޖަވާބެއް ނޫންކަން އަދި އެންމެ އަޑުއަހާ ހިއްވާ ވާހަކައެއްވެސް ނޫންކަން. އެކަމަކު ދިސް ޓައިމް ކޭން ޔޫ ޓްރައި... އަހަރެން ވަރަށް ޕްލޭން ކޮށްގެން މިއައީ ކަންތައްތައް...ޔޫ ކޭން ސްޓޭއި ވިތް މީކާއިލް ފޯރ ސަމް ޑޭއިސް... އޭރުން ފަސޭހަވާނެ ޕްލޭނާ އެއްގޮތައް ކަންތައްތައް ކުރިޔަށް ގެންދިޔުމަށް..." މެހެކް ބޭނުންވީ އޯގާތެރިކަމާއެކު ހުޝަލް އަށް ބުނެދިނުމަށެވެ. އަދި ހުޝަލްގެ ކަންތައްތައް ހުންނަގޮތުން ކޮންމެ ކަމެއްވެސް ކޮއްލަފާނެތީ މެހެކް ބޭނުންވީ މީކައިލް ހުޝަލްއާއެކީ ހުރެދިނުމަށެވެ.
ހުޝަލް އަށް މެހެކް ގެ ޖަވާބު އަސްލުވެސް ކަމުނުދިޔައެވެ. ނަމަވެސް ހިތާ ދެކޮޅަށްވެސް ޤަބޫލުކުރެވުނީ މިފަހަރު މެހެކް ބުނާ ވާހަކައަށް އިތުބާރުކުރުމަށެވެ. ހިތް އަވަސް އަރުވާލައިގެން ކުރެވިފައިވާ ގިނަ ކަނަތައްތައް ވަނީ ގޯހުން ގޯހަށް ގޮސްފަ ކަން އޭނާއަށް ޤަބޫލުކުރެވެއެވެ.
"އޯކޭ....ބަޓް ޑޯންޓް ލެޓް މީ ޑައުން... ހަގީގަތަށް ބުނަންޏާ މިހާރު އަހަރެން ވަރަށް ބަލިކަށި ވެއްޖެ...މިހުރިހައި ކަމަކާއި މެދު އެކަނި ޑީލް ކުރާނެ ހިއްވަރެއް ނެތް..."
މެހެކް އަށް ހިތާ ހިތުން ޙަމްދު ކުރެވުނެވެ. "އައި ހޭވް އޮންލީ ވަން ރިކުއެސްޓް....ޑޯންޓް ޓެލް އެނީބަޑީ.... މިކަން ހަމަ އެކަނި އެނގޭނީ ފޯރ ދަ ތްރީ އޮފް އަސް... މާޒިމް އަށް މިކަމުގެ ހިލަމެއްވެސް ވިޔަ ދީގެން ނުވާނެ...އެންޑް ޑޯންޓް ބަގް މީ.... ވަރަށް ކެތްތެރިވާންވާނެ...މީކާއިލް ކިޔައިދޭނެ ކުރަންވާ ކަންތައްތައް.." މެހެކް ގެ އިންޒާރު ހަރުކަށްޓެވެ.
"ފައިން..." ހުޝަލްގެ އަވަސްވެފައިވާ ހިތަށް ފިނި ކަމެއްވެރިވިއެވެ.
***
"އޯން ނޯ.....މާޒް އެ މެސްޖް ކުރީ ގެއަށް އަންނަނީ ކަމަށް....." ހަލުވި ބާރުމިނުގައި މަސްޖިދުން ނިކުމެ ކެނާން ދިޔައީ މަދީނާ ބަލައި އެވެ. ކެނާންގެ މެސެޖަކަށް މަދީނާ ރިޕްލައި ނުދިނުމުން އަދި އިތުރަށް ހާސް ވާން ފެށިއެވެ. ކައިރީ މިސްކިތަކަށް ދިޔަ ނަމަވެސް މަދީނާ އެގޭގަ ހުރިކަން މާޒް އަށް އިނގިއްޖެއްޔާ ހަތަރު އުދަރެސް ފެނު ޖެހޭނެކަން ޔަގީނެވެ.
"ބެލް އެ ރިންގް ވަނީ.... ކުޑަބެ އައީ ކަންނޭގެ" މަދީނާ ބުނެލިއެވެ.
ދޮރު ހުޅުވާލުމަށްފަހު މަދީނާ އަވަހަށް އެތެރެއަށް ވަދެ އުރޫޖް އާއި މާމަގައިގާ ބައްދާލުމަށްފަހު ދާން ޖެހިއްޖެ އޭ ބުނެ ދުއްވައިގަތެވެ. މާމަ އަވަހަށް ކޭކު ތަށި ހުރިގޮތައް ހާސް ވެފައި އިން ކެނާން އަށް ދިނީ އަވަސްވެފައި ހުރިކަން ހާމަވުމުންނެވެ.
"ކަލޯ ތި ހުސްކޮށްގެން މިގެއަށް ތި ތަށިގަނޑު ލާން އަންނާތި.....ދަކުތަރު އަށް ވަރަށް މީރުވާނެ ތި ކޭކް...ނުދީ ހުސްނުކުރާތި..މާމަ ލުއި ހިނިތުންވުމެއްގައި ބުނެލިއެވެ.
ކެނާން އާނއެކޭ ބުނެ ހާސްވެ ދެކޮޅުބަލަ ބަލައި ހުރީ މާޒިމް އައިސްދާނެތީއެވެ.
"ލެޓްސް ގޯ... އަވަސް" ކެނާން މަދީނާ އަތުގައި ހިފައިގެން ދުއްވައިގަތެވެ. ދެ ބެއިން ގެއަށް ވަދެ ދޮރު ތަޅުލުމަށްފަހު ދޫކޮށްލީ ފުން ނޭވާއެކެވެ.
އެކަކު އަނެކަކަށް ބަލައި ވަރަށް ގަދަ އަށް ހެވެންފެށުނެވެ. ހަމަ އެވަގުތު ދޮރު ތަޅުގައި މީހަކު ހިފައިލިއެވެ.
"އޯން ނޯ...މަދީނާ ޔޯ ޑްރެސް...އަވަސް..." ކެނާން ލޯ ބޮޑުވެފައި ކިޔައިލިއެވެ.
މަދީނާ އަވަސް އަވަހަށް ހެދުން ބާލަން މަސައްކަތް ކުރީ އެތާ ހުރެއެވެ. އަޑީން ކުރިންވެސް ލައިގެން ހުރި ހެދުން ހުރުމުންނެވެ.
ދޮރުގެ ތަޅު ހުޅުވުމަށްފަހު ވަދެގެން އައި މީހަކު ފެނުމުން ކެނާން އާއި މަދީނާ އަށް ވަރަށް ބާރަށް ހަލޭއްލަވައިގަނެވުނެވެ.
ނުނިމޭ