މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފިއެވެ.

ސަރުކާރަށް ވަޒީރުން އައްޔަންކުރުމަށްފަހު، މިދިޔަ މަހުގެ 20ވަނަ ދުވަހު ވަޒީރުންނަށް ރުހުން ހޯދުމަށް ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

ނަމަވެސް ސަރުކާރަށް މަހެއްވެފައިވާއިރު، މިއަދާ ހަމައަށް އޮތް އެއްވެސް ޖަލްސާއަކަށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ.

ނަމަވެސް މާދަމާ އޮންނަ މި ދައުރުގެ އެންމެ ފަހު ޖަލްސާއަށްވަނީ އެ މައްސަލައިގައި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން ވަޒީރުންނާ ގުޅޭގޮތުން އޮތް މައްސަލަ ދިރާސާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓު ހުށަހެޅުމަށް އެޖެންޑާކޮށްފައެވެ.

ކޮމިޓީން ވަނީ 22 ވަޒީރުން ވެސް ގާނޫނު އަސާސީގައި ބުނާ ޝަރުތުހަމަވާކަމަށް ކަނޑައަޅައި، އެ ވަޒީރުންނަށް ރުހުންދޭން ވަކިވަކިން ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހަން ނިންމައިފައެވެ.

ސަރުކާރުގެ ވަޒީރުންގެ ތެރޭ ހިމެނެނީ:

  1. މިނިސްޓަރު އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން.

  2. މިނިސްޓަރު އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރު.
  3. މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިޙްސާން.
  4. މިނިސްޓަރު އޮފް ފިނޭންސް، ޑރ. މުޙައްމަދު ޝަފީޤް.
  5. މިނިސްޓަރު އޮފް އެޑިޔުކޭޝަން، ޑރ. އިސްމާޢީލް ޝަފީއު
  6. މިނިސްޓަރު އޮފް ހެލްތު، ޑރ. އަބްދުالله ޚަލީލް.
  7. މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސައީދު.
  8. މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް.
  9. އެޓާނީ ޖެނެރަލް، އަޙްމަދު އުޝާމް.
  10. މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
  11. މިނިސްޓަރު އޮފް ޓޫރިޒަމް، އިބްރާހީމް ފައިޞަލް.
  12. މިނިސްޓަރު އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، އައިޝަތު ޝިހާމް.
  13. މިނިސްޓަރު އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުالله ރާފިޢު.
  14. މިނިސްޓަރު އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، ތާރިޤު އިބްރާހީމް.
  15. މިނިސްޓަރު އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް، ޑރ. އަލީ ހައިދަރު އަޙްމަދު.
  16. މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން.
  17. މިނިސްޓަރު އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް، އާދަމް ނަޞީރު އިބްރާހީމް.
  18. މިނިސްޓަރު އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، މަރިޔަމް މާރިޔާ.
  19. މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، ޑރ. އަބްދުالله މުއްޠަލިބް.
  20. މިނިސްޓަރު އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ، އާއިޝަތު ރަމީލާ.
  21. މިނިސްޓަރު އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދު.
  22. މިނިސްޓަރު އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް، އާދަމް ޝަރީފް.