10 Aug 2010, 18:18
23:00
އެމްއެންބީސީގެ ދަށުން ހިންގަމުން އައި ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޝަން މޯލްޑިވްސްގެ ނަން ރީބްރޭންޑްކޮށް، އެ ދެ ތަނުގެ ނަން ބަދަލުކޮށްފި އެވެ.
ދައުލަތުގެ ޓީވީ އާއި ރޭޑިއޯގެ ގޮތުގައި ހިންގަމުން އައި ޓެލެވިޒަން މޯލްޑިވްސްގެ ނަން ބަދަލުކޮށްފައި ވަނީ އެމްއެންބީސީ ޗެނަލް ވަންގެ ނަމަށް. އަދި ދިވެހި ރާއްޖޭގެ އަޑުގެ ނަން ބަދަލުކޮށްފައިވަނީ ރާއްޖެ ރޭޑިއޯގެ ނަމަށެވެ.
މި ކަމަށްޓަކައި މިރޭ ހޮލިޑޭއިންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެމްއެންބީސީގެ ޗެއާމަން މަޑުލު މުހައްމަދު ވަހީދު ވިދާޅުވީ އެ ކުންފުނީގެ ޕްރޮޑަކްޓްތައް ރީބްރޭޑްކުރުމަކީ އާ ކަމެއް ނޫން ކަމަށް. މީގެ ކުރިން ވެސް ދިވެހި ރޭއްޖޭގެ އަޑުގެ ނަން އެތައް ފަހަރެއްގެ މަތިން ރީބްރޭންޑްކޮށްފައިވާ ކަމަށް ވިދާޅުވެ، އެކަމުގެ ތަފްސީލް ވަހީދު ދެއްވި އެވެ.