އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު ސެވަންޓީ ސިކްސާސް ކާމިޔާބު ކޮށްފިއެވެ.

ޗާލޮޓްގެ ސްޕެކްޓްރަމް ސެންޓާގައި ކުޅުނު މި މެޗު ސިކްސާސް ކާމިޔާބު ކޮށްފައިވަނީ 135 ޕޮއިންޓުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ސިކްސާސްގެ ޖޮއެލް އެމްބިޑްވަނީ 42 ޕޮއިންޓް ހޯދައިދީފައެވެ. އަދި 15 ރީބައުންޑް ނަގައިދީ 3 އެސިސްޓް ކޮށްފައެވެ.

ހޯނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 14 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދިނުމުގެ އިތުރުން ހަތަރު އެސިސްޓް ކޮށްދިން ބްރެންޑަން މިލާއެވެ.

މިމުބާރާތުގައި މިލްވައުކީ ބަކްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗު 146 ޕޮއިންޓް 114 ޕޮއިންޓުން ކާމިޔާބު ކުރީ ބަކްސްއެވެ.

މީގެއިތުރުން މިނެސޯޓާ ޓިމްބާވުލްވްސްއާއި އިންޑިއާނާ ޕޭސާސް ބައްދަލުކުރި މެޗު 127 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބު ކުރީ ޓިމްބާވުލްވްސްއެވެ.

އެހެން މެޗުތަކަށް ބަލާލާއިރު ކްލީވްލަންޑް ކެވެލިއާސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗު 127 ޕޮއިންޓް 119 ޕޮއިންޓުން ކާމިޔާބުކުރީ ކެވެލިއާސެވެ.

މައޭމީ ހީޓް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗު 118 ޕޮއިންޓް 116 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ހީޓްއެވެ.