ރާއްޖޭގައި ބަރަހަނާ އެއްވެސް ވެބްސައިޓަކަށް ނުވަދެވޭހެން ބްލޮކްކޮށްފިއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް އެ ކަން ކުރުމަށް ސަރުކާރުން އެންގިކަން "ސަން"އަށްވަނީ ކަށަވަރުވެފައެވެ.

އެ ފަދަ ހުރިހާ ވެބްސައިޓްތަކެއް މިހާރު ބްލޮކްކޮށްފައިވާއިރު ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް އެ ފަދަ ސައިޓުތަކަށް ދެން ނުވަދެވޭނެއެވެ. އަދި އެ ފަދަ ސައިޓެއް ލޯޑު ވެސް ނުކުރެވޭނެއެވެ.

މިއީ މިފަަދައިން ރާއްޖޭގައި އަމަލުކުރަން ފެށި އެންމެ ފުރަތަމަ ފަހަރެވެ.

މި ނިންމުމާ ގުޅޭ ގޮތުން އަދި ސަރުކާރާއި، ނެޓްވޯކް ޕްރޮވައިޑަރުންގެ ރަސްމީ ބަހެއް ނުލިބެއެވެ.