އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސް އާއި ޑެލަސް މެވްރިކްސް ބައްދަލުކުރިމެޗު ޓިމްބާވުލްވްސް ކާމިޔާބު ކޮށްފިއެވެ.

ޑެލަސްގެ އެމެރިކަން އެއާލައިންސް ސެންޓާގައި ކުޅުނު މި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފައިވަނީ 119 ޕޮއިންޓުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ވުލްވްސްގެ ކާލް އެންތަނީ ޓައުންސްވަނީ 21 ޕޮއިންޓް ހޯދައިދީފައެވެ. އަދި 17 ރީބައުންޑް ނަގައިދީ ދެ އެސިސްޓް ކޮށްފައެވެ.

މި މެޗުގައި މެވްރިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 39 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދިނުމުގެ އިތުރުން 13 އެސިސްޓް ކޮށްދިން ލޫކާ ޑޮންޗިޗްއެެވެ.

މި މުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ކްލީވްލަންޑް ކެވެލިއާސް ބައްދަލުކުރި މެޗު 116 ޕޮއިންޓުން ކާމިޔަބުކުރީ ސެލްޓިކްސްއެވެ.

މީގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސްއާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު 124 ޕޮއިންޓުން ކާމިޔާބު ކުރީ ނަގެޓްސްއެވެ.