ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ސްޓްރީމްކޮށް، ޑައުންލޯޑްކޮށް އަދި ގޭމް ކުޅެލެވޭނެ 100ޖީބީގެ ޑޭޓާ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، މި 100ޖީބީގެ ޑޭޓާ ޕެކޭޖުތަކާ އެކު ދިރާގު ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންތަކަށް ބަލައި ތަފާތު ޑޭޓާ އެލަވަންސްތަކާއި ފްލެކްސިބަލް ވެލިޑިޓީތަކަށް ބަލައި ޕެކޭޖް އިޚްތިޔާރުކުރުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ.

އަލަށް ތައާރަފުކުރި 100 ޖީބީގެ ޑޭޓާ ޕެކޭޖުތަކަކީ:

  • 100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް

  • 100ޖީބީ 5 ދުވަހުގެ މުއްދަތަށް 149 ރުފިޔާއަށް
  • 100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
  • 100ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
  • 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
  • 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

މި ޑޭޓާ ޕެކޭޖުތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެކްޓިވޭޓުކޮށްލެވޭނެއެވެ.

މި ޕެކޭތުތަކާ ގުޅޭ އިތުރު މަޢުލޫމާތު ދިރާގުގެވެބްސައިޓުންލިބޭނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.