18 Dec 2023, 13:20
"އަލީ ރަޟިއްޔަﷲ އަންހާ ވިދާޅުވެފައިވެއެވެ."ތިމާގެ ދުވަސް ސަދަގާތަކުން ފަށާށެވެ. އެދުވަހުން ތިމާގެ އެއްވެސް ދުޢާއެއް ރައްދު ނުކުރެވޭނެއެވެ. މީހަކަށް ހެޔޮ ބަހެއް ބުނެދިނުމަކީވެސް ސަދަގާތެކެވެ."
***
"ނޯ، ލިސްން ޕްލީޒް....،މިހާ ދުވަސް ކޮށްފަ އެހެންނޫން ނަމަ ހުޝަލް އަށް ……"
މެހެކްއަށް ވާހަކަ ނިންމާނުލެވެނީސް ހުޝަލް އޭނާގެ ޒަޚަމްވެފައިވާ ހިތް އިތުރު ތީރަކުން ސަލާމަތްކުރުމަށް ފޯނު ކަނޑާލިއެވެ. ފޯނާ އެކީ އަތް މުއްކަވާލެވުނު ނަމަވެސް ފޯނަށް އައި ނޯޓިފިކޭޝަން ހުޅުވައިލުމުން ހީވީ ބިންގަނޑު ފައިން ދަމައިގެން ދިޔަ ހެންނެވެ.
***
އުރުޖުވާން ނަމާދު ކުރާތަން ބަލަން އިން މަދީނާ އަށް ނަމާދު ކުރަން އެނގޭނެ ނަމައޭ ހިތަށް އެރިކަހަލަ އެވެ. އަދި އަމިއްލަ ނަފްސަށާއި ހައްޓަށް ބަލައިލެވުނީ ލަދުވެތި ގޮތަކަށެވެ. ލައިގެން ހުރި ޓީޝާރޓު ދަމައިލާ ބޭނުންވީ ފައި ނިވާކޮށްލުމަށެވެ. މަންޒަރު ބަލަން ދޮރުކައިރީ ހުއްޓިލައިގެން ހުރި މާމަ މަދީނާ ކައިރިއަށް ޖެހިލާ އުރުޖުވާންގެ އަލަމާރިން ކަޅު ކުޑަ ވިދުމެއް ހުރި އަބާޔާއެއް ދިއްކޮށްލިއެވެ. މަދީނާ އާއި މާމަ ދެމެދު ވާހަކައެއް ނުދެކެވުނަސް ދެމީހުންނަށްވެސް އެކަކު އަނެކަކު ދޭހަވި ފަދައެވެ. އުރުޖުވާން ނަމާދު ނިންމާލައި ދުޢާކުރުމަށްފަހު ތެދުވެ ފަހަތް އެނބުރި ބަލައިލިއެވެ. ސުބްޙާނައްﷲ... اللَّهُمَّ بَارِكْ .... އުރުޖުވާން ވީއުފަލެއްގެ ބޮޑުކަމުންނާއި ލިބުނު ހައިރާންކަމުން އަވަސް ވެގަތީ ޤިބްލަ ފާރާތައް އެނބުރި ޝުކުރުގެ ސަޖިދައެއް ކޮށްލުމަށެވެ. މަދީނާ އިނީ އުރުޖުވާން ގެ ކަޅު އޮފު ފޮތީގެ އަބާޔާއަކާއި ބުރުގަލެއް އަޅާލައިގެންނެވެ.
"މަދީނާ އަޅެ ހާދަ ރީއްޗޭ. ހަމަ ހީވަނީ ހޫރުޕަރީއެއް ހެން. اللَّهُمَّ بَارِكْ އެނގޭތަ. ޔޫ އާ ލިވިންގ ޕްރޫފް ދެޓް ﷲ އަންސާސް ޕްރެޔާސް އިން އޭން އިންސްޓެންޓް ޓޫ...." އުރުޖުވާން ލޯ އުފަލުގެ ކަރުނުން ތެތްމާލިއެވެ.
މަދީނާ ގެ ކޯތާފަތަށް ރަތް ޖަންބު ކުލަ އެރީ އުރުޖުވާން ގެ ތައުރީފީ ބަސްތަކުންނާއި އަދި އޭނާއަށްވެސް ރީތިވެވުނުކަމުގެ އިހްސާސްވުމުންނެވެ.
"ކިހިނެއް ތި ހެދުން ލިބުނީ؟ އޯ މާމަ ޑިއަރެސްޓް ދޯ....." ދަތްޕިލަ މުޅިންހެން ފެންނަވަރަށް ހީލައިގެން އިން މާމަ ފެނުމުން އުރުޖުވާން ބުނެލިއެވެ.
"މާމަ ހާދަ އުފާ ވެއޭ ތި ދެކުދިން ގެ ގާތް ކަން ފެނިފަ...... ހަމަ ހީވަނީ... "މާމަ ލޯ ބޮޑުވެ ދޫ ބަންދު ވީ ކިޔެން އުޅުނު އެއްޗެއް ހަނދާންވާ ކަހަލަ ގޮތެއް ވެފަ ހުރެއެވެ. އަވަސް އަވަހަށް އުނދުން ބަލަން ދާންޖެހެއޭ ބުނެ އަވަހަށް ބަދިގެއަށް ހިނގައިގަތެވެ. އުރުޖުވާން އާ މަދީނާ އަށް މާމަ އެއްޗެއް ބުނަން އުޅެ ފޮރުވި ކަމުގެ އިހްސާސް ނުވީ ވެފަ ތިބި އުފަލެއްގެ ބޮޑު ކަމުންނެވެ.
"އެނގޭތަ. އައި ހޭވް ނެވަ ފެލްޓް ދިސް މަޗް ހެޕިނެސް އިން އަ ލޯންގް ޓައިމް... އަސްލުވެސް އުރޫޖް ޔޫ އަރ ލައިކް އަ ސިސްޓަރ ޓު މީ. އައި ވިޝް އައި ވަރ ޔޫ...." މަދީނާ ވަރަށް އަސަރާއެކު ބުނެލީ އުރުޖުވާންގެ އުފާވެރި ކަރުނަތައް ފޮހެލަދެމުންނެވެ.
އުރުޖުވާން ހަނދާނުގައި ނަމާދު ފެށުމުގެ ކުރިންވެސް މަދީނާ ބުނި އެ ބަސް ހަނދާން ވެ ވަރަށް ސީރިޔަސް ރާގެއްގައި ބުނެލި އެވެ." ނޯ... ޑޯންޓް އެވަރ ސޭއި ޔޫ ވިޝް ޓު ބީ އެނީބަޑީ އެލްސް....ﷲ ގެ ޤަދަރަށް އީމާންވާންވާނެ... ހީ މަސްޓް ހޭވް ރިޓެން ދަ ބެސްޓް ފޮރ ޔޫ...."
މަދީނާ ގެ ހިތައް ލިބުނު އުފާވެރިކަން ބަޔާން ކޮށްދޭންވެސް އޭނާ އަކަށް ނޭނގުނެވެ."ހެއި ލެޓްސް ޓޭކް އަ މިރަރ ސެލްފީ އެއް. ވީ ކޭން ކީޕް ފޮރ މެމޮރީ. ގެއަށް މި ހެދުން ލައިގެން ގޮއްސިއްޔާ ... ދޮންބެ ...."
"ހީ ވިލް ކިލް މީ ފޮރ ޝުއަރ......." ދެމީހުންނަށްވެސް ބުނެވުނީ އެކުއެކީގައެވެ. ހަމަހިމޭންކަމުގެ ސުކޫތު ކޮޅެއް ދެމީހުން ދެމީހުންނަށް ބަލާލުމަށްފަހު އަޔަސް އެ ސީރިޔަސްކަން ފިލީ ހިނި ފަޅައިގެންދިޔުމުންނެވެ.
މަދީނާގެ ފޯނު ޗާޖުގައި އޮތުމުން ސެލްފީ ނެގީ އުރުޖުވާންގެ ފޯނުންނެވެ.ދެކުދިން އޮލަ ވާހަކައިގައި އެކި ކަންކަމުގެ ވާހައިގައި ތިއްބާ ބެލް ޖަހާ އަޑު އިވެން ފެށިއެވެ.
"އަންނާނަން ބަލާފަ...." އުރުޖުވާން ދިޔައެވެ. މަދީނާ އެކަނި ލޯގަނޑު ކުރިމަތީ ހުރެ ފަރި ސެލްފީތައް ނަގަމުން ދިޔައެވެ. ކުއްލިއަކަށް ޖައްވުގައި ނެތް ކަހަލަ ތެތް ފިނިކަމެށް އިހުސާސް ވެ ކަންފަތް ކައިރިން ފިނި ހީއްޔެއް ގަޔަށް ވައްދާލިއެވެ. ހިތް ބުނީ އެއީ އުވެއިސްގެ ހިލަމެއް ކަމެވެ. މަދީނާ އަވަހަށް ދުއްވައިގަތީ ބޭރަށެވެ.
***
"ވަޓް ވަޓް ހައު އިޒް ދިސް ޕޮސިބަލް. ކިހިނެއް މިހާ ބޮޑު އޮޅުވާލުމެއް ހިނގީ. އޭމް އައި ހެލޫސިނޭޓިންގ. ކޮންފަދަ ކަމަކާ ތަ މި ލައިގަތީ..." ދެކޮޅަށް ދެކޮޅަށް ބާރު ހިނގުމުގައި ހިތް ތެޅެމުން ދިޔަ ހުޝަލް އަށް ހީވީ އޭނާ ދުނިޔެއިން މޮޔަވާން އުޅޭހެންނެވެ. "އައި ކާންޓް ބްރީތް....އައި ނީޑް ޓު ކޯލް ސަމްވަން...." އިންހޭލަރ އިން ދެ ޕަންޕް ޖަހާލުމަށްފަހު އަވަހަށް ފޯނުން ގުޅައިލީ މެހެކްގެ ނަންބަރަށެވެ.
"މެހެކް.. ވީ ނީޑް ޓު މީޓް... ޕްލީޒް.. "ނޭވާ ހުސްވާ ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ދިޔަ ހުޝާލް އިނީ ވަރަށް ބޮޑަށް ޕެނިކް ވެފައެވެ.
"ހުޝާލް... ބްރީތް...ޓޭކް އިޓް ސްލޯ... ޓްރައި ޓު ކާމް ޑައުން.." މެހެކް އަށްވެސް ހުޝަލްގެ ހާސްކަން އިވި އިނީ ހަނދަންވީ އެއްޗެއްނޭނގިފައި ކަހަލަ ގޮތަކަށެވެ.
"މެހެކް ޕްލީޒް. ކޭން ވީ މީޓް އެންޑް ޓޯކް. އައިމް ނޮޓް ފައިން.. އައި ޑޯންޓް ނޯ ހޫ ޓު ޓޯކް ޓު...އައި މައިޓް...."
"ހުޝަލް.... އޯކޭ.. ބަޓް... " މެހެކް އަށް ހުޝާލްގެ ހާލަތާއި އަދި އޭނާގެ މިޒާޖު ރަނގަޅަށް އެނގޭތީ ، އެކަނި ދިމާވާން ބޭނުން ނުވެފައި ހުރިކަން މިވަގުތު ހާމަ ކުރުން ރަނގަޅު ނުވާނެކަން އެނގެއެވެ. އެހެންވެ އިތުރު ވާހަކައެއް ނުބުނެ ދިމާވާންވީ ކެފޭގެ ލޮކޭޝަން ފޮނުވާލިއެވެ. ހިތުގެ ހިނގުން އަވަސްވެފައިވާ ހުޝަލް އަވަހަށް ފޯނު ކަނޑައިލައި ކޯޓުލައިގެން ދިޔައީ އެތަނަށް ދިޔުމަށެވެ.
***
މާޒިމްއަށް ދޮރު ކައިރިން ދެ މީހަކުގެ ޒުވާބުގެ އަޑު ކަންފަތުގައި ޖެހުނެއެވެ، އަވަހަށް ފައިލް ބާއްވައިލާ އަތުގައި އޮތް އެހެން ފައިލް އެއް ހުޅުވާލިއެވެ. ދޮރުގަ ތިން ޓަކި ޖަހައިލުމަށްފަހު ވަދެގެން އައި އެޑްމިން އޮފިސަރ އިނީ ވަރަށް ހާސްވެފައި ކަހަލަ ގޮތަކަށެވެ.
"ޑޮކްޓަރ... ސޮރީ...ނުބައި ފައިލް އެއް ދެވުނީ... އަސްލު ފައިލް މި އޮތީ..."
މާޒިމްގެ ސިކުނޑިތެރޭ ފުނި ޖެހިފައިވާ ސުވާލުތަށް ކިތަންމެ ބައިވަރަކަސް، އޭނަ ބޭނުންވީ އެކަމުގެ ހިލަމެއް އެއްވެސް މީހަކަށް ނުދެއްކުމަށެވެ.
"އޯ އެހެންތަ.... އަނ އަދި ބަލައިވެސް ނުލެވޭ މި ފައިލް .... އެހެން ޕޭޝަންޓެއްގެ ފައިލެއް ބަލައިލަނީ މި އަދި ..." މާޒިމް އިނީ އޭނާ އަތުގައި އޮތް އެހެން ފައިލެއް ހުޅުވައިގެންނެވެ، އަދި މޫނުމަތިން ދައްކައިލީ އެއްވެސް ވަރަކަށް ނަބީލާގެ ފައިލުގައި އަތްނުލާކަމުގެ ކުލަވަރެވެ.
އެޑްމިން އޮފިސަރ އަވަސް އަވަހަށް ދެ ފައިލް ބަދަލު ކޮށްލާ ނިކުމެގެން ހިނގައިގަތީ ވަރަށް ހާސްކަން ބޮޑު ހިނިތުންވުމެއް މާޒިމްއަށް ދިނުމަށްފަހެވެ.
***
އުރުޖުވާން ދޮރު ހުޅުވަން އައި އިރު މާމަ ދޮރު ހުޅުވައިލަނީ އެވެ. "ކާކު އައީ މާމާ.."
"ކެނާން މި އައީ ....." ކެނާން ވަރަށް ހެވިފައި ޖަވާބު ދިނެވެ. "މި އައީ މިގެއަށް އަމާނާތެއްގެ ގޮތުގައި ހަވާލުކޮށްފައިވާ ކުއްޖެއް ބަލައި..." ކެނާން ވަރަށް އަދަބުވެރި ގޮތަކަށް ޖަވާބު ދިނުމުން މާމައަށް ކުޑަކޮށް ހެވުނެވެ.
އުރުޖުވާން ކުޑަކޮށް ލަދުގެންފަ އިނީ އޭނާއަށް އެއީ ކާކުތޯ އަހާލެވުނީ މާ ބާރަށް ކަމުގެ އިހުސާސް ވުމުންނެވެ.
"ކަލޯ އަވަހަށް އާދޭ އެތެރެއަށް.... އަމާނާތް ހަވާލުކުރެވޭނީ މިގެއިން މެންދުރު ކެއީމަ...." މާމަ އުނަގަނޑުގައި އަތް ވިއްދައިލައިގެން ހުރެ ބުނެލިއެވެ.
ކެނާން ވަރަށް ހެވިފައި އެތެރެއަށް ވަނީ ސަލާމް ގޮވާލަމުންނެވެ. މަދީނާ ދުވަމުން އައިގޮތައް އަރި އަޅާއިލީ އުރުޖުވާން ގައިގައި ޖެހިގެންފައެވެ. "މަދީނާ... އަރ ޔޫ އޯކޭ؟" ހާސްވެ އަތްފައި ފިނިވެފައި އިން މަދީނާ ގެ އަތުގައިހިފައި މަދީނާ ތެދުކޮށްލަދިނެވެ. "އާނ... އޯކޭ.. އައިމް ފައިން" ކުރަކި އަޑަކުން މަދީނާ ބުނެލައި ހިނިތުންވެލިއެވެ.
ކެނާން އަށް މަދީނާ ފެނުމުން އަނގަ ހުޅުވިފައި ބަލަހަށްޓައިގެން އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ތި އަނގަޔަށް މެއްސެއް ވަދެދާނެ...." މާމަ ކެނާން އަށް ބުނެލިއެވެ. މަދީނާ އާއި އުރުޖުވާން އަށް ހެވެންފެށުނެވެ.
"ކުޑަބެ ވަރަށް ސަޕްރައިސްޑް ދޯ... އޭމް އައި ޕްރިޓީ.؟މަދީނާ ވަރަށް ތުއި ގޮތަކަށް ހެދުން ދައްކާލަމުން ބުނެލިއެވެ.
"ކުޑަބެ ހަމަ ސްޕީޗްލެސް..... އަސްލު މަދީނާ ކޮބާތަ.. މީ ކްލޯން އެއްދޯ...އޯ އޭން އޭލިއަން...." ލާނެތްގޮތަކަށް ކެނާން ސަމާސާކޮށްލިއެވެ. ނަމަވެސް އޭނާގެ ލޮލުގެ ނޫރުކަމުގައި ދެކޭ މަދީނާ ހުރި ގޮތް ފެނި ހިތް އުފަލުން ފުރޭވަރު އިހުސާސް ވިއެވެ. ކެނާން ،އުރުޖުވާން އަށް ބަލައިލީ ވަރަށް ޝުކުރުވެރިވާ ކަހަލަ ނަޒަރަކުން ބޯ ޖަހައިލަމުންނެވެ. އެއީ އުރުޖުވާން ކަހަލަ ހެޔޮ ރަޙްމަތްތެރިއެއް މަދީނާއަށް ލިބުނީތީއެވެ. އުރުޖުވާން ވަރަށްލުއި ހިނިތުންވުމަކުން ކާ މޭޒު ކައިރިޔަށް މަގު ދައްކާލަދިނެވެ.
ކެއުމަށް ތައްޔާރުވަމުން ދިޔައިރު އެކި އެކި ވާހަކަތައް ކެނާން އާއި މާމަ ދައްކަމުން ގޮސް މާމަ ކެނާން އާއި މާޒްވިލާ އަށް ބަދަލުވަނީ ކޮން ދުވަހެއްގަތޯ ކޮށްލި ސުވާލުން އެންމެންގެ ސަމާލުކަން ހުއްޓުނެވެ.
"މާޒްވިލާ ދޯ.... ތިން ދުވަސް ތެރޭގަ ބަދަލުވެވޭތޯ އިންޝާﷲ.." އެއަޑުގައި މޮޅިވެރިކަމެއް ހުއްޓެވެ.
"ހްމް.. އެގެއަށް ދާން އަހަރުމެންވެސް މިތިބީ ހޭވައްލާ ތައްޔާރަށް... ދޯ އުރުޖުވާން.... މާމަ ވަރަށް ޔަގީންކަމާއެކީ ބުނެލާފައި ކޮށްލި ސުވާލުން އުރުޖުވާންގެ ލޯބޮޑުވެ ބޯ ހޫރަ ހޫރާލައި އިނީ މާމަ އިތުރު ވާހަކައެއް ނުދެއްކުމަށް އިޝާރާތްކުރާ ގޮތަކަށެވެ.
އާނ.. އަސްލުވެސް... ތިކަން ވެވޭތޯ ބަލަންވާނެ. ދޯ މަދީނާ ކެނާން ބުނެލިއެވެ. ހެވި ދިލިފަ އިން މަދީނާ ބޯ ޖަހައިލައި އެއްބައިވިއެވެ. ނަމަވެސް އުރުޖުވާން ގަތް ލަދުން ބަދިގެއިން ތަށްޓެއް ނަގަންކަމަށް ބުނެ ހިނގައިގަތެވެ. މަދީނާވެސް އުރުޖުވާން ފަހަތުން ދިޔައެވެ.
" ދޮން ރިހަ ދޯ ކައްކާފަ..މައި ފެވަރިޓް" ކެނަން ބުނެލީ ކުޅުދިޔާވެހުރެއެވެ.
"ހުތް އަނބު ކޮޅެއްވެސް ހުންނާނެ..ކެނާން އަށް މީރެއްނު ދޮން ރިހައާއި ރޮއްޓާ ކާއިރު ހުތް އަނބުކޮޅަކާއި އެކީ ކާން.."މާމަ ބުނެލިއެވެ.
"ކިހިނެއް އެނގުނީ..." ވަރަށް ހައިރާން ކަމާއެކު ކެނާން އަށް އަހާލެވުނެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް އެނގޭނެ ކަހަލަ ކަމެއްނޫން ކަމުގައިވީމައި އޭނަ ވަރަށް ހައިރާންވިއެވެ.
ކަލޯ... ތިކަހަލަ ވަރަށް ބައިވަރު ކަންތައްތައް މި މާމަ އަށް އެނގެއޭ...." ކޮބައިތަ ދަކުތަރު؟" ވާހަކަ އޮޅުވާލުމަށް މާޒިމްގެ ވާހަކަ އަހައިލިއެވެ.
ދޮންބެ ވާހަކަ ދޯ...... ގުރައިދޫއަށް ގޮއްސަވީ، މެސެޖް ކޮށްފަ ބުނި މިރޭ ދަންވަރަށް ކަމަށް އާދެވޭނީ ގެއަށް....."
***
ކާރު ދޮރު ލައްޕައިލާ މަގުގެ ދެކޮޅުވެސް ރަނގަޅަށް ނުބަލައި ދުއްވައިގަތީ ކުރިމަތީ އިން ކެފޭ އަށް ދިޔުމަށެވެ. " ޑޭމް އިޓް... " ކިރިޔާ ކާރެއްގައި ޖެހި ނުޖެހި ދިޔުމުން ހުޝަލް އަށް ބުނެލެވުނެވެ. ކެފޭ އަށް ވަދެ ލޯ ހިނގައިލީ މެހެކް ފެނޭތޯ އެވެ. ކެތްމަދު ވެފައިވާ ހުޝަލް އަށް ގޮވައިލީ އެ އިންތިޒާރުކުރަމުން އައި އަޑެވެ.
"މެހެކް؟..." ނިޤާބް އަޅައިލައިގެން އިން މެހެކް ކުރެން ހުޝަލް އަށް އަހާލެވުނީ ސުވާލެއްކުރި ފަދައިންނެވެ. މެހެކް އައީ އޭނަގެ ކޮއްކޮ މީކާއިލް އާއި އެކުއެވެ. މީކާއިލް ކައިރީ އެތާ ފެންނަ ހިސާބުގައި އިން ގޮނޑީގައި އިށީނދެލުމަށް ބުނަމުން އެހެން މޭޒެއްގައި ހުޝަލް އާއި މެހެކެ އިށީނދުނެވެ. ހުޝަލް އޭނާގެ ހާލަތު ހުރިގޮތުން އިތުރު ކަމަކަށް ސަމާލުކަންދިނުމެއް ނެތި އަވަހަށް ބޭނުންވީ އެ ފޮޓޯއިން ފެނުނު މަންޒަރުގެ ވާހަކަ އޮޅުންފިލުވައި އެކަންތައްތަކަކީ ޙަޤީޤަތްތޯ ބެލުމަށެވެ.
"ޑޯންޓް ޕެނިކް... އެންޑް ޕްލީޒް ޑޯންޓް އިންޓަރަޕްޓް މީ ވައިލް އައި ޓެލް އެވްރީތިންގ... ޖަސްޓް ޕޭޝަންޓްލީ ލިސްން... "މެހެކް ވަރަށް އިރުޝާދުދެމުން ވާހަކަ ފަށަން ބޭނުންވިއެވެ.
"އަންކަލް ނާޝް ފެނުނީ މެޑިކަލް ރިސަރޗް ސެންޓަރަށް ވަރަށް ފްރިކުއެންޓްލީ އަންނަތަން ފެންނާތީވެ... އެއީ މި މަހުގެ ކުރީކޮޅުން ފެށިގެން. އައި ވޯޒް ވޮރީޑް ފޮރ ހިމް އެޓް ފަރސްޓް.... އެއީ އެތަނަށް ގިނަ ފަހަރު ދާންޖެހޭނީ ވަރަށް ބޮޑެތި ބަލިތަކާއި ޑީލް ކުރަމުންދާ މީހުން.....ލެބް ރިޕޯރޓްސްތައްވެސް ބެލިން ބަޓް ނޯ ރިޕޯރޓްސް އޮފް ހިމް... ވޯންޓެޑް ޓު އާސްކް ޑޭޑް އޯލްސޯ އެކަމު ހީ ވޯންޓް ޕިކް މައި ކޯލްސް.... ބަޓް ދެން އެއްދުވަހު ހިތައް އެރީ އައި ވިލް އާސްކް ހިމް އޭ.... އައި ސޯ ހިމް ވިޒިޓިންގް ދި ސައިކޭޓްރިސްޓް.....އެހެންވެ ބޭރުގަ މަޑުކޮށްލައިގެން އިނީ ނިމެންދެން.... ދެޓްސް ވެން އައި ސޯ ހިމް ......ވިތް އާންޓީ ނަބީ.... ޗެއިންޑް ޓު އަ ބެޑް... ޝީ އިޒް އެލައިވް.... އައި އޯލްސޯ ގޮޓް ވެރީ ޝޮކްޑް... އަންކަލް އަކަށް ނޭނގޭނެ އަހަރެން ފެނުނަސް އެހެންވެ އަވަހަށް ބޭނުންވީ ކަމުގެ ހަގީގަތް ހޯދަން....އައި ކޭން އޮންލީ ހޭވް އެކްސެސް ޓު ލެބް ރިޕޯރޓްސް ސޯ... ފުރަތަމަ އެބަލައިލީ، ނަބިއްތަ އިޒް މޯސްޓްލީ ގިވެން ވަރަށް ބާރުގަދަ އެކްސްޕެރިމެންޓެޑް ޑްރަގް އެއް ޓު ކީޕް ހަރ ސްލީޕިންގް... ޝީ އިޒް އަންޑަރ ވެރީ ހައި ސެކިއުރިޓީ ޓޫ....ޑޯންޓް އާސްކް މީ ހައު ބަޓް އައި ވިޒިޓެޑް ހަރ.... ނަބިއްތަ އިޒް ނޮޓް މެންޓަލީ އިލް...ޝީ އިޒް ޕޮސެސްޑް... އައި ނޯ ހުޝަލް ވެސް އަދި އަންކަލްމެންވެސް ގަބޫލެއް ނުކުރާނެކަން...އެކަމަކު އައި ވޯންޓު ހެލްޕް ހަރ....ވަރަށް އަސަރާއެކު މެހެކް ކިޔައިދިނެވެ.
ނުނިމޭ