14 Dec 2023, 21:31
އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު ސެވަންޓީ ސިކްސާސް ކާމިޔާބުކޮށްފިއެވެ.
ޑެޓްރޮއިޓްގެ ލިޓްލް ސީޒާސް އެރީނާގައި ކުޅުނު މި މެޗު ސިކްސާސް ކާމިޔާބުކޮށްފައިވަނީ 129 ޕޮއިންޓުންނެވެ.
ދެ ޓީމްގެ ފަރާތުން ވަދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ސިކްސާސްގެ ޖޮއެލް އެމްބިޑްވަނީ 41 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީފައެވެ. އަދި ފަސް އެސިސްޓް ކޮށްފައެވެ.
އަދި ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދައިދީ އެއް ރީބައުންޑް ނަގައިދިން ބޮޔާން ބޮގްޑަނޮވިޗްއެވެ.
މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ނިއުއޯލިއަންސް ޕެލިކަންސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 142 ޕޮއިންޓުން ޕެލިކަންސް ކާމިޔާބުކުރިއިރު ޓޮރޮންޓޯ ރެޕްޓާސް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރިމެޗު 135 ޕޮއިންޓުން ކާމިޔާބުކޮށްފައިވަނީ ރެޕްޓާސްއެވެ.