ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް ޅ.އަތޮޅު ހޮސްޕިޓަލުގައި ހިންގައިފިއެވެ.

ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ޅ.އަތޮޅު ކައުންސިލާއި ގުޅިގެން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަލްޓި ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވެފައިވެއެވެ.

ޓްރީޓޮޕުން ބުނީ މި ހެލްތު ކޭމްޕުގައި އެ ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި، ކަށީގެ ހާއްސަ ޑޮކްޓަރުންނާއި، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ބައިވެރިވިކަމަށެވެ.

އަދި ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި، އެންޑޯކްރިނޮލޮޖީ ޑޮކްޓަރުންގެ އިތުރުން ކިޑްނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ބައިވެރިވެފައިވާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ޅ.އަތޮޅު ހޮސްޕިޓަލްގައި ހިންގި ކޭންޕްގެ ތެރެއިން -- ފޮޓޯ: ޓްރީޓޮޕް ހޮސްޕިޓަލް

މި ހެލްތު ކޭމްޕުގައި ސިއްޙީ މާހިރުންގެ ގޮތުގައި ބައިވެރިވެފައިވާ ބޭފުޅުންގެ ތެރޭގައި:

  • ކޮންސަލްޓަންޓް ނެޕްރޮލޮޖިސްޓް، ޑރ. މްލަޑެން ނޮޓެކް

  • އީއެންޓީ ސްޕެޝިއަލިސްޓް، ޑރ. ޗަންދްރަޝޭކާ ރަވާލް
  • ކޮންސަލްޓަންޓް ކަރޑިއޮލޮޖިސްޓް، ޑރ. އަމިތު އަގަރްވަލް
  • ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް، ޑރ. އަނޫ އަގަރްވާލް
  • ކޮންސަލްޓެންޓް އޯތްތޯޕީޑިކް އަދި ޓްރޯމާ ސާޖަން ޑރ. މުހައްމަދު ހަބީބް
  • ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް، ޑރ. މޫސާ މަނިކު އިބްރާހިމް
  • ކޮންސަލްޓެންޓް އޯތްތޯޕީޑިކް، ޑރ. އަލީ މުޒްނީ
  • ކޮންސަލްޓަންޓް އޮބްޓެޓްރިކްސް އެންޑް ގައިނެކޮލޮޖިސްޓް، ޑރ. ޕްރީތީ ސޮލޮމަން
  • ކޮންސަލްޓަންޓް އެންޑޯކްރިނޮލޮޖިސްޓް، ޑރ. ބިނޫ ޕިއްލައި

މި ކޭމްޕުގައި ބަލިމީހުންނަށް ހެލްތު ސްކްރީނިން ހަދައިދިނުމުގެ އިތުރުން އިތުރު ފަރުވާ ބޭނުންވާ މީހުންނަށް ރިފަރަލް ހަމަޖައްސައިދިނުމުގެ އިންތިޒާމު ވެސް ހަމަޖެއްސިކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.