އެކި ކަހަލަ ކޮމްޕިއުޓަރުގެ އިތުރުން އައިޓީގެ އެހެނިހެން އުފެއްދުންތައް ވެސް ވިއްކަމުން އަންނަ ގިޒްމޯގެ އަހަރު ނިމޭ ބޮޑު ސޭލް ފަށައިފިއެވެ.

ގިޒްމޯއިން ބުނީ މިހާރު ކުރިއަށްދާ މި ސޭލް އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

ގޭމިން ކޮމްޕިއުޓަރު ވިއްކުމަށް މަޝްހޫރު ގިޒްމޯއަކީ ތަފާތު އެކި ބޭނުންތަކަށް ޚާއްސަ ކޮމްޕިއުޓަރު ވެސް ލިބެން ހުންނަ ފިހާރެއެކެވެ. ގިޒްމޯއިން މައިގަނޑު ގޮތެއްގައި ވިއްކަނީ، ހޯމް/އޮފީސް ކޮމްޕިއުޓަރާއި، ގޭމިން ކޮމްޕިއުޓަރުގެ އިތުރުން ވޯކް ސްޓޭޝަން ކޮމްޕިއުޓަރެވެ.

ކޮންމެ ކެޓަގަރީއެއްގައި ވެސް ކަސްޓަމަރުން އިޚްތިޔާރުކުރުމަށް އެކި ފެންވަރުގެ އެކި ބަޖެޓުގެ ކޮމްޕިއުޓަރުތަކެއް ހުންނާނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

ހޯމް/އޮފީސް ކޮންޕިއުޓަރު ކެޓެގަރީ ޚާއްސަ ކުރެވިފައިވަނީ ގޭތެރެއާއި އޮފީސްތަކުގެ އާންމު ބޭނުންތަކަަށް ކޮމްޕިއުޓަރު ހޯދާ މީހުންނަށެވެ.

މި ކެޓެގެރީގައި ހިމެނެނީ ބަޖެޓު ސީރީސް (އެންމެ އަގުހެޔޮ ކޮމްޕިއުޓަރު)، ހައިޕަ މޮޑާން ސީރީސް ނުވަތަ އެންމެ ފަހުގެ ޕްރޮސެސަރުތަކުގެ ކޮމްޕިއުޓަރެވެ.

އަދި ގޭމިން ކެޓަގަރީގައި، ތަފާތު އަގުގެ އެކި ކޮމްޕިއުޓަރުތައް ހުންނާނެ ކަމަށް ގިޒްމޯއިން ބުނެއެވެ. އޭގެ ތެރޭގައި އަގު ހެޔޮ 'ރެކްސް ސީރީޒް' އިން ފެށިގެން މިޑް ރޭންޖުގެ 'ޑޮމިނޭޓާ ސީރީޒް'އާއި، އެންމެ ފެންވަރު ރަނގަޅު ކޮލިޓީގެ ޕެރިފެރަލްސްއާއެކު ބިލްޑް ކުރެވިފައިވާ 'ވައިޕާ ސީރީޒް'ގެ ކޮމްޕިއުޓަރު ހިމެނެއެވެ.

އަދި އެންމެ ފެންވަރު މަތީކޮށް ގޭމު ކުޅުމަށް ބޭނުންވާ މީހުންނަށް އަލްޓުރާ ގޭމިން ސީރީސްގެ ކޮމްޕިއުޓަރު ލިބެން ހުންނާނެއެވެ.

ވޯކް ސްޓޭޝަން ކެޓަގަރީގައި، ހުންނާނީ ކްރިއޭޓިވް މަސައްކަތްކުރާ މީހުންނަށް ޚާއްސަ ކޮމްޕިއުޓަރެވެ.

އެގޮތުން ގްރެފިކްސް ޑިޒައިން ސީރީޒް، ކޮންޓެންޓް ކްރިއޭޓާ ސީރީޒް އަދި 3-ޑީ އެނިމޭޝަން އެންޑް ރެންޑަރިން ސީރީޒް ހިމެނެއެވެ. އަދި ކަސްޓަމަރުންގެ ޚާއްސަ ބޭނުންތަކަށް ކޮމްޕިއުޓަރު ކަސްޓަމައިޒް ވެސް ކޮށްދޭނެ ކަމަށް ގިޒްމޯއިން ބުނެއެވެ.

ގިޒްމޯއިން ދޭ ޔަގީން ކަމަކީ ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްގެ އެއންމެނަށް ވެސް ކަމުދާނެ ފަދަ ކޮމްޕިއުޓަރު އެތަނުގައި ހުންނާނެ ކަމެވެ. އެގޮތުން ބަޖެޓާއި ޝަރުތު ހިއްސާކޮށްލުމުން އެ ކަސްޓަމަރެއްގެ ބޭނުމަކަށް އެންމެ ކަމުދާ ކޮމްޕިއުޓަރެއް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.

މީގެ އިތުރަށް ގިޒްމޯއިން ބުނީ އެ ކުންފުންޏަކީ ޕެޓްރިއޮޓް، ޑީޕްކޫލް، ޕްރޮލިންކް، އަދި ހެވިޓް ފަދަ މަތީ ފެންވަރުގެ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ކަމަށެވެ. އަދި މިބުރޭންޑް ތަކަކީ ހޯލްސޭލްކޮށްވެސް ލިބެން ހުރި ބްރޭޑް ތަކެކެވެ.

މި ސޭލްގެ ތެރެއިން ކޮމްޕިއުޓަރުތަކުގެ އިތުރުން ލެޕްޓޮޕްތަކުން ވެސް ޑިސްކައުންޓް ލިބޭނެއެވެ.

މި ސޭލާ ގުޅޭ އިތުރު މައުލޫމާތު ގިޒްމޯގެ ފޭސްބުކް ޕޭޖުންް ވެސް ލިބޭނެއެވެ. އަދި އިތުރު ތަފްސީލު ހޯދަން ބޭނުން ނަމަ ގިޒްމޯގެ ނަންބަރު 3001008 ފޯނަށް ގުޅައިލައިގެން ވެސް އެ މައުލޫމާތު ލިބޭނެއެވެ.