14 Dec 2023, 16:07
ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ކާރަކުން ޖެހި ވޭނެއް ފުރޮޅާލައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި ހާދިސާ ހިނގައިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު 12:15ހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް ދެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުންތަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.