13 Dec 2023, 22:19
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލު އަދި ތަރުޖަމާނު އަހްމަދު ޝަފީއު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އޭނާ އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ބުންޏެވެ.
ޝަފީއު އެއްޖިންސުން ގުޅުން ހިންގާކަމަށް ބުނެ އޭނާ އެހެން ފިރިހެނަކާއެކު ނަގާފައިވާ ފޮޓޯ ތަކަކާއި ޗެޓް ލޮގްތަކެއް ވަނީ ސޯޝަލް މީޑިއާގައި ވަނީ މި ހަފުތާގައި އާންމުކޮށްފައެވެ.
އެ ކަމާ ގުޅިގެން އޭނާ މިހާތަނަށް އެ ތުހުމަތުތައް ދޮގުކުރައްވައިފައެއް ނުވެއެވެ. މީގެ ކުރިން ވެސް އޭނާއަށް އެފަދަ ތުހުމަތުތަކެއް ކޮށްފައިވެއެވެ. ނަމަވެސް އެއިރު އޭނާ ވިދާޅުވީ، އެއީ ދޮގު ވާހަކަތަކެއްކަމަށެވެ.
ޝަފީއުއަކީ ޕީޖީގެ ފަރާތުން މީޑިއާއަށް މައުލޫމާތު ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރެކެވެ. އަދިވެސް އޭނާ ޕީޖީ އޮފީހުގެ ރަސްމީ މަސައްކަތް ކުރައްވައެެވެ.
އެއާއެކު އޭނާ ގެންދަވަނީ ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ކޯޓުތަކުގައި ވަކާލާތު ވެސް ކުރައްވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ވެސް ހިމެނެއެވެ.