އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ކްލީވްލަންޑް ކެވެލިއާސް ބައްދަލުކުރި މެޗު ސެލްޓިކްސް ކާމިޔާބު ކޮށްފިއެވެ.

ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މި މެޗު ސެލްޓިކްސް ކާމިޔާބު ކޮށްފައިވަނީ 120 ޕޮއިންޓުންނެވެ.

މި މެޗުގެ ފުރަތަމަ ކުއާޓާގައި ކްލީވްލަންޑްއިން 10 ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް ދެވަނަ ކުއާޓާގައި ސެލްޓިކްސް އިން ވަނީ މިލީޑު އެއް ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި ތިންވަނަ ކުއާޓާގައި ސެލްޓިކްސް އިން ވަނީ ދެ ޕޮއިންޓްގެ ލީޑެއް ނަގައި މެޗު އަނބުރައިލައިފައެވެ.

މި މެޗުގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިނުމުގެ އިތުރަށް ފަސް އެސިސްޓް ކޮށްދިން ޖޭސަން ޓެޓުމްއެވެ.

ކެވެލިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދިނުމާއެކު ތިން އެސިސްޓުކޮށްދިން ޑޮނޮވަން މިޝޭލްއެވެ.

މިމުބާރާތުގައި ޑެލަސް މެވްރިކްސް އާއި ލޮސް އެންޖަލިސް ލޭކާސް ބައްދަލުކުރިމެޗު 127 ޕޮއިންޓް 125 ޕޮއިންޓުން ކާމިޔަބުކުރީ މެވްރިކްސްއެވެ. މިއީ ލޭކާސްއިން އިން ސީޒަން ޓޯނަމަންޓް ކާޟިޔާބު ކުރިފަހުން ކުޅުނު ފުރަތަމަ މެޗެވެ.