13 Dec 2023, 20:33
އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރުގެ މަގާމަށް ކާނަލް މުޙައްމަދު ޖަމްޝާދު އައްޔަންކުރައްވައިފިއެވެ.
އޭނާއަށް މަގާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލްކަމާ އަބްދުއްރަހީމް އަބްދުއްލަތީފެވެ.
މި މަގާނަށް އައްޔަންކުރުމުގެ ކުރިން ކާނަލް މުޙައްމަދު ޖަމްޝާދު ހުންނެވީ އެމްއެންޑީއެފްގެ މެރިޓައިމް އޮޕަރޭޝަންސްގެ ޑައިރެކްޓަރު ލެފްޓިނެޓްގެ މަގާމުގައެވެ.
މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ކާނަލް ޖަމްޝާދު ވަނީ، ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި ގދ. ތިނަދޫ ކައުންސިލާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގެ މަގުސަދަކީ ކާނަލް މުޙައްމަދު ޖަމްޝާދު، ކައުންސިލަރުންނަށް ތައާރަފުވުމާއި، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާ ކުރުމެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރުގެ މަގާމުގައި ކުރިން ހުންނެވީ، ކާނަލް އަޙްމަދު ޠާހިރެވެ.
އާންމުކޮށް ސަރުކާރުތައް ބަދަލުވުމާއެކު ސިފައިންގެ ލީޑާޝިޕަށް ބަދަލުތައް ގެނެއެވެ. އެކަމަކު، މި ސަރުކާރުން މިހާތަނަށް ސިފައިންގެ ލީޑާޝިޕަށް މާ ބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ.